ސިއްހަތަށް ފައިދާ ހުރި ހާރުކެއުން: ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް

ރޯދަ ހިފުމުގެ ކުރިން ހާރު ކެއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ހަށިގަނޑަށް ފާއިދާ ހުރި ކަނާ ހާރުކެއުމުގައި ހިމެނުމަކީ ދުވާލު ރޯދައަށް ހުންނަ އިރު ހަށިގަނޑަށް ލިބެން ޖެހޭ ހަކަތަ ފޯރު ކޮށްދިނުމަށް ވަރަށް މުހިންމު ކަމެކެވެ. ވީމާ މި އާޓިކަލް ޚާއްސަ ކޮށްފައި މިވަނީ ހާރު ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ހިމެނުމުގައި ވިސްނަންޖެހޭ ކަންތައްތަކުގެ މައްޗަށެވެ.

އެންމެ ފުރަތަމަ ވެސް ވިސްނާލަންޖެހޭ ކަމަކީ ހާރު ކެއުމުގައި ސިއްހަތަށް ފައިދާ ހުރި ދިޔާ ތަކެތި ބޭނުންކުރުމެވެ. ސަބަބަކީ ސިއްހަތަށް ފައިދާ ހުރި ދިޔާތަކެތި ބޭނުން ކުރުމުން ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ފެން ދެމެހެއްޓުމަށްޓަކައި އެހީތެރި ވެދެއެވެ. އެގޮތުން ފެން، ކިރު، ފްރެޝް ޖޫސް އަދި ސްމޫތީ ފަދަ ބާވަތެއް ބޭނުން ކޮށްލުން މުހިންމެވެ. މީގެ އިތުރުން ފެނުގެ ތެރެއަށް ލުނބޯ ފަނި ނުވަތަ އެޕަލް ސިޑާ ވިނެގާ އަޅައި އެ ބޭނުންކުރުމުން ހަޖަމް ކުރުމުގައި އެހީވެދީ މެޓަބޮލިޒަމް ބޫސްޓް ކުރުމަށް އެހީތެރިވެދެއެވެ.

މިއާއެކު، ހާރުކެއުމުގައި ކާބޯހައިޑްރޭޓްސް އަދި ފައިބާ އެކުލެވިގެންވާ ކާނާ ހިމެނުމުން ރޯދައަށް ހުންނަ އިރު ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދީ ބަނޑުހައިކަން ކަނޑުވައިދޭން އެހީތެރިވެދެއެވެ. އެގޮތުން ކާބޯހައިޑްރޭޓްސް އަދި ފައިބާ އެކުލެވިގެންވާ ބާވަތްތަކުގެ ތެރޭގައި ހޯލް ގްރެއިން ޕާން، އޯޓްސް، މޭވާ އަދި ތަރުކާރީ ހިމެނެއެވެ. މި ބާވަތްތަކަކީ ހަށިގަނޑަށް ބެނުންވާ ތަފާތު ގިނަ ވިޓަމިންސް އާއި މިނެރަލްސް ހަށިގަނޑަށް ފޯރުކޮށްދޭ ބާވަތްތަކެވެ.

އަދި ހަމަ އެހެންމެ، ޕްރޮޓީންސްް އަކީ ހަށިގަނޑުގެ ޓިޝޫސްތައް އުފައްދާ ތައްޔާރުކުރުމުގައި އެހީ ތެރިވެދޭ އެއް މާއްދާއެވެ. އެހެންކަމުން ހާރުކާއިރު ޕްރޮޓީންސް އެކުލެވިގެންވާ ގިނަ ބާވަތްތައް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އޭގެތެރޭގައި ހިމެނޭ ބާވަތްތަކުގެ ތެރޭގައި، ކުކުުޅު، މަސް، ބިސް، ޗީޒް، ޔޯގަރޓް، ބަދަނުގެ ބާވަތްތައް ހިމެނެއެވެ.

ގިނަ އަދަދަކަށް ލޮނާއި ހަކުރު އެކުލެވިގެންވާ ކާނާ ހާރުކެއުމުގައި ހިމެނުމަކީ ހަށިގަނޑުން ފެންމަދުވެ ކަރުހިއްކުމަށް މަގުފަހިވެގެންދާ ކަމެކެވެ. އެހެންކަމުން އެންމެ އެދެވިގެންވަނީ ހާރުކާއިރު ފޮނި ބުއިންތަކާއި، ކޮފީ، ތައްޔާރީ ކާނާ، ތެލުލި ކާނާ އަދި ލޮނުގަދަ ކާނަ ވީހާވެސް ބޮޑަށް މަދުކޮށްލުމެެވެ. މިފަދަ ކާނާއިން ރޯދައަށް ހުންނަ ވަގުތު އެނާރޖީ ކްރޭޝް ވުމަށް މަގުފަހިވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ފާހަގަކޮށްލަންޖެހޭ މުހިންމު އެއްކަމަކީ، ހާރުކާއިރު ހަށިގަނޑަށް ފައިދާ ހުރި ކާނާ ކެއުން މުހިންމު ވާ ފަދައިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއުމާއި ދުރުހެލިވުން ވެސް ވަރަށް މުހިންމު ކަމެވެ. ސަބަބަކީ، މާގިނަ އަދަދަކަށް ކެލޮރީސް ނުވަތަ ސަރުބީ ގިނަ ބާވަތްތައް ކެއުމުގެ ހިމެނުމުން އެކަމުގެ ނަތީޖާއެއްގެ ގޮތުން ގޭސް މައްސަލަ ޖެހުމާއި ކާނާ ހަޖަމްވުމުގެ ދަތިތައް ކުރިމަތިވެ، ރޯދަ އަށް ހުންނަ އިރު ތަފާތު އެކި އުނދަގޫ ތައް ކުރިމަތިވުން އެކަށީގެންވެއެވެ. އެހެންކަމުން ރޯދަމަހު އެންމެ އެދެވިގެންވަނީ އެއްފަހަރާއި ގިނަ ކާތަކެތި ކެއުމުގެ ބަދަލުގައި މަދުމަދުން ހަށިގަނޑަށް ވަގުތު ދެމުން ކެއުމެވެ.

އެހެންކަމުން، ރަނގަޅަށް ބެލެންސް ކުރެވިފައިވާ ސިއްހަތަށް ފައިދާ ހުރި ކެއުމަކަށް ހާރު ކެއުން ހެދުމަކީ ހަށިގަނޑުގައި ހަކަތަ ދަމަހައްޓައިދީ ރޯދަ ހިފައިން ހުރުމުގައި ފަސޭހަތައް ލިބިދޭ ކަމެކެވެ. ވީމާ، ހަށިގަނޑަށް ބޭނުންވާވަރަށް ދިޔާ ތަކެތި ބޭނުން ކޮށް، ކާބޯހައިޑްރޭޓްސް އާއި ފައިބާރ އަދި ޕްރޮޓީންސް ހިމެނޭ ބާވަތްތައް ހާރުކެއުމުގައި ހިމަނައި، ގިނަ އަދަދަކަށް ހަކުރާއި ލޮނު އެކުލެވޭ ކާނަ އާއި ދުރުވުން މުހިންމެވެ.

މިފަދަ ސިއްހަތައް ފައިދާ ހުރި ކާނާ ހިމަނައިގެން ކޮންމެ މީހަކަށް، އެމީހަކަށް އެންމެ އެކަށޭނެހެން ފަރުމާކުރެވިފައިވާ ޑައެޓް އެއް ތައްޔާރުކުރުމުގައި ތަޖްރިބާކާރު ޑޮކްޓަރެއްގެ އެހީ ނުވަތަ ލަފާ ހޯދުން ވަރަށް މުހިންމެވެ. އެގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑައެޓް އަދި ނިއުޓްރިޝަން ޑިޕާރޓްމެންޓްގައި ހިމެނޭ ޑޮކްޓަރުންނަކީ ތަޖުރިބާކާރު ކޮންމެ މީހަކަށް އެމީހަކާ އެންމެ އެކަށޭނެހެން ކެވޭނެ ކާނާ އާއި ބޭނުންކުރަންޖެހޭ ނިއުޓްރިޝަންއާއި ގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދީ ޑައެޓް ތައްޔާރުކުރުމުގައި އެހީތެރިވެދޭނެ މާހިރުންނެވެ. އެގޮތުން ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަކީ ކޮންމެ މެހެމާނަކަށްވެސް ހާއްސަކަމެއް ދީގެން އެމިހަކާއި ގުޅޭނެ ފަރުވާ ފޯރުކޮށްދޭނެ ގާބިލް ޑޮކްޓަރުންނެވެ. އެގޮތުން ފާހަގަކޮށްލެވޭ އެއް ޑޮކްޓަރަކީ ޓްރީ ޓޮޕް ގައި މިވަގުތު މަސައަކަތް ކުރައްވަމުން ގެންދަވާ ނިއުޓްރިޝަން އަދި ޑައެޓެޓިކްސް އިން ޚާއްސަވެފައިވާ ޑޮކްޓަރ ރީބާ މެރީ އެވެ. ޑޮކްޓަރު ރީބާ އަކީ މިދާއިރާއިން ނަން މަޝްހޫރު ހުނަރުވެރި ތަޖުރިބާކާރު ބޭފުޅެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް މި ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

މި ހޮސްޕިޓަލްގެ ޚިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު [email protected] އަށް މެއިލް ކުރުމުން ނުވަތަ 3351610 އަށް ގުޅުމުން ލިބޭނެއެވެ.

comment ކޮމެންޓް