މައިނާ ގްރޫޕުން ފަރެހުގައި ތަރައްގީކުރި އަވާނީ ހޮނިހިރު ދުވަހު ހުޅުވަނީ

ބ.އަތޮޅު ފަރެސް

ތައިލެންޑުގެ މައިނާ ގްރޫޕުން ބ. ފަރެހުގައި ތަރައްޤީކޮށްފައިވާ "އަވާނީ ފަރެސް" ރިސޯޓް އަންނަ ހޮނިހިރު ދުވަހު ހުޅުވުމަށް ނިންމައިފިއެވެ.

ޓްރެވަލް ހަބަރުތައް ގެނެސްދޭ މަޝްހޫރު "ޓްރެވަލް ނިއުސް އޭޝިއާ"އިން ބުނީި ގޮތުގައި، ބ އަތޮޅު ފަރެހުގައި ތަރައްޤީކުރަމުން އަންނަ ރިސޯޓްގެ މަސައްކަތް ނިންމައި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަތުރުވެރިންނަށް ޚިދުމަތް ދޭން ފަށާނެއެވެ.

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ފަރެހުގައި ތަރައްޤީކުރާ މި ރިސޯޓް ހިންގުމަށް ހަމަޖެހިފައިވަނީ، ތައިލެންޑުގެ މައިނާ ގްރޫޕްގެ އަވާނީ ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑިންގެ ދަށުންނެވެ.

ފަރެހުގައި ތަރައްޤީ ކުރާ ރިސޯޓްގެ މޫދު ކޮޓަރިއެއް

ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުން ފުރައިގެން ސީޕްލޭންގައި 35 މިނެޓުން ދެވޭ މި ރިސޯޓުގައި ޖުމްލަ 176 ކޮޓަރި ހުރެއެވެ. މީގެ އިތުރުން ޕްރައިވެޓް ޕޫލާއި، އަވަންތީ ބްރޭންޑްގެ ރިސޯޓްތަކުންދޭ ހާއްސަ ޚިދުމަތްތައް މި ރިސޯޓަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭނެއެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ އަވަންތީ ބްރޭންޑްގެ ސްޕާގެ އިތުރުން ބޮޑު ސްވިމިން ޕޫލެވެ.

ފަރެހުގައި ތަރައްޤީކުރާ ރިސޯޓްގެ ކޮޓަރިއެއް

އަވާނީ ހޮޓެލްސް އަކީ ރާއްޖޭގައި ރިސޯޓްތައް ހިންގަމުން އަންނަ މަޝްހޫރު އަނަންތަރާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ސަބްސިޑިއަރީ ކުންފުންޏެކެވެ. އަނަންތަރާއިން މިހާރު ވެސް ރާއްޖޭގައި ތިން ރިސޯޓް ހިންގައެވެ.

comment ކޮމެންޓް