ބޮޑު ތަފާތަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލިވަޕޫލް ފެންވަރު ދައްކާލައިފި

މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗްގެ ތެރެއިން-- ފޮޓޯ/ ގެޓީ

ލިވަޕޫލްގެ އެންފީލްޑްގައި މިހާތަނަށް އެންމެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވުމުގެ ރެކޯޑް މެންޗެސްޓާ ޔުނައިޓެޑަށް ލިބިއްޖެއެވެ.

ލިވަޕޫލްގެ އަމިއްލަ ދަނޑު، އެންފީލްޑްގައި އެންމެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވުމުގެ ރެކޯޑް އެންމެގިނަ ސަޕޯޓަރުން ތިބިކަމަށް ބުނާ މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ، ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލާ ދެކޮޅަށް ކުޅުނުމެޗުން 0-7 ކުން ބަލިވުމާ ގުޅިގެންނެވެ.

ޕްރިމިއާ ލީގްގައި ރޭ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗަކީ ވަރަށްގިނަ ރެކޯޑް ތަކެއް ފެނިގެންދިޔަ މެޗެކެވެ.

މެޗްގައި ފާހަގަކޮށްލެވުނު ބައެއް ރެކޯޑުތައް

  • އެންފީލްޑްގައި އެންމެ ތަފާތުބޮޑު ނަތީޖާއަކުން ޓީމެއް ބަލިވިމެޗް
  • ޕްރިމިއާ ލީގްގައި ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމު ސަލާހް ހޯދުން
  • މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ފަހު ހާފްގައި އެންމެގިނަ ލަނޑު ޖެހި މެޗް

ރޭގެ މެޗްގައި ފެނުނު ފުރަތަމަ ލަނޑު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ 43 ވަނަ މިނެޓް ތެރޭގައި ގަކްޕޯއެވެ. ލިވަޕޫލުން ލީޑް ނަގާފައިވަނިކޮށް އެޓީމްގެ ނުނޭޒް ވަނީ 47 ވަނަ މިނެޓް ތެރޭގައި އިތުރު ލަނޑެއް ޖަހައި މެޗްގެ ނަތީޖާ 2-0 އަކަށް ބަދަލުކޮށްފައެވެ.

މެޗުގައި ދެން ފެނުނު ހަ ލަނޑުވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު ޖަހާފައިވަނީ 50 ވަނަ މިނެޓް ތެރޭގައި މުހައްމަދު ސަލާހް ތަނަވަސްކޮށްދިން ފުރުސަތެއްގައި ގަކްޕޯއެވެ. ލިވަޕޫލުން މެޗުގައި ޖެހި ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 66 ވަނަ މިނެޓް ތެރޭގައި މުހައްމަދު ސަލާހެވެ.

މެޗްގައި ފެނިގެންދިޔަ ފަސް ވަނަ ލަނޑު 75 ވަނަ މިނެތް ތެރޭގައި ނުނޭޒް ކާމިޔާބުކޮށްދީފައިވާއިރު، ހަވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހެވެ. ލިވަޕޫލްގެ ހަތްވަނަ ލަނޑު، ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓް ތެރޭގައި ފިރްމީނޯއެވެ.

ރޭގެ މެޗުގައި ސަލާހް ޖެހި ދެ ލަނޑާއެކު އޭނާ ހިމެނިފައިވަނީ، ލިވަޕޫލަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށެވެ. ސަލާހް ވަނީ ލިވަޕޫލަށް ކުޅެދިން 205 މެޗްގައި 129 ލަނޑު ޖަހައިދީފައެވެ.

މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރި މެޗްގެ ތެރެއިން-- ފޮޓޯ/ ގެޓީ

މެޗުގައި މެންޗެސްޓާ ޔުނައިޓެޑަށް ގޯލެއް ނުޖެހުނު ނަމަވެސް އެޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބިފައެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލިވަޕޫލުގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ.

އެ މެޗަށްފަހު ޕްރިމިއާ ލީގް ޕޮއިންޓް ތާވަލަށް ބަލާއިރު، 49 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގަ މެންޗެސްޓާ ޔުނައިޓެޑް އުޅޭއިރު، މެޗުން މޮޅުވި ލިވަޕޫލް އުޅެނީ 42 ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނައިގައެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި ރޭ ނޮޓިންހަމް ފޮރެސްޓާ އެވަޓަން ބައްދަލުކުރި މެޗް ނިމުނީ 2-2 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެގެންނެވެ.

comment ކޮމެންޓް