މެމްބަރު ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފި

ގުރައިދޫ ދާއިރާގެ މެމްބަރު، މަރުހޫމް އިބްރާހީމް ރިޒާ ---

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޒާގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.

މިއަދުން ފެށިގެން ތިން ދުވަހަށް ރައްޔިތުންގެ މަޖިލީހުގައި ހުޅުވި މި ދަފުތަރުގައި މަޖިލީހުގެ މެމްބަރުންނާއި އާއްމުންނަށް ވެސް ސޮއި ކުރެވޭނެއެވެ.

ރިޒާގެ ހަނދާނުގައި ހުޅުވާފައިވާ ދަފުތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ސޮއިކުރައްވާފައިވާ އިރު އިތުރު ބޭފުޅުން ވެސް އަންނަނީ ސޮއި ކުރައްވަމުންނެވެ.

މެލޭޝިޔާގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރިޒާ ނިޔާވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގައެވެ.

ރިޒާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން 14 އަހަރު ކުރައްވާފައިވާ އިރު އެ ތިން ދައުރުގައި ވެސް ތަމްސީލު ކުރެއްވީ ގުރައިދޫ ދާއިރާއެވެ. ނިޔާވި އިރު މަޖިލީހުގެ ދައުރު ނިމެން ބާކީ އޮތީ އަހަރެއްހާ ދުވަހެވެ.

comment ކޮމެންޓް