ސޮނީ ހޯމް މެއިންޓެނެންސް ރޯދަ ސޭލުން 75 ޕަސަންޓު ޑިސްކައުންޓް

ސޮނީ ހޯމް މެއިންޓެނަންސް ރޯދަ ސޭލުން 75 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސޭލްއެއް ފަށައިފިއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް މަޖީދީމަގު ހެންވޭރުގައި ހުންނަ ސޮނީ ހޯމްއާއި މަޖީދީމަގު މާފަންނުގައި ހުންނަ ސޮނީ 1 އަދި ސޮނީ ހުޅުމާލެ ފިހާރައިގައި މި ސޭލް ކުރިއަށް ގެންދާނެއެވެ.

މި ސޭލްގެ ދަށުން ގިނަ އުފެއްދުންތަކަކުން ޑިސްކައުންޓް ލިބޭނެކަމަށް ސޮނީން ބުނެއެވެ. ޑިސްކައުންޓް ލިބޭ އުފެއްދުންތަކުގެ ތެރޭގައި:

  • ގޭތެރޭ ބޭނުންކުރާ ސާމާނު
  • ފާހާނައިގައި ބޭނުންކުރާ ސާމާނު
  • ބަދިގޭގައި ބޭނުންކުރާ ސާމާނު
  • ކުލަލުމަށް ބޭނުންވާ ސާމާނު ހިމެނެއެވެ.

ސޮނީން ބުނި ގޮތުގައި ރޯދަ ސޭލްއިން 3000އަށް ވުރެ ގިނަ އުފެއްދުން ލިބެން ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް