ގިރިފުށީގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށްގެންދާތީ ދަތުރުކުރާއިރު ސަމާލުވާން އަންގައިފި

އެމެރިކާގެ ނޭވީ އާއި ދިވެހި އަސްކަރިއްޔާއާ ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ކ. ގިރިފުށީގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާތީ އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެމްއެންޑީއެފުން އަސްކަރީ ތަމްރީންތަކެއް ކ. ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އެ މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.

ގިރިފުށީގައި މި ތަމްރީނު ކުރިއަށް ގެންދާނީ މި މަހުގެ 16 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އެ ރޭގެ 11:00އާ ހަމަ އަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ވަނީ މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް އާއްމުކޮށްފައެވެ.

  • ބޭނުންކުރާނެ ހަތިޔާރު: AK103 ރައިފަލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިން: 3000 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 300 މީޓަރު
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީލެވެލް
  • ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ކ. ގިރިފުށީގެ ރޭންޖުން ހުޅަނގު ދެކުނު

ދިވެހި ސިފައިންނާއި އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ ޕޮލިހާ ގުޅިގެން މާލޭ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް ތަމްރީނުތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

އެ ތަމްރީނުގައި ވެސް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވެފައިވެއެވެ.

comment ކޮމެންޓް