އޭސް ހާޑްވެއާގެ ރޯދަ ޕްރޮމޯޝަނުން ދެ ސައިކަލު ހޯދުމުގެ ފުރުސަތު

އޭސް ހާޑްވެއާ -- ފޮޓޯ/ އޭސް ހާޑްވެއާ

އޭސް ހާޑްވެއާ އާއި ކަލަ ބޭންކުން މި ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ރޯދަ ސޭލް ޕްރޮމޯޝަނުން ނަސީބުވެރިންނަށް ދެ ސައިކަލު ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވެގެން އެއްވަނައަށް ދާ ފަރާތަކަށް ހޮންޑާ އެއަބްލޭޑް 2023 ބްލެކް އެޑިޝަން ސައިކަލެއް ލިބޭއިރު ދެވަނައަށް ދާ ފަރާތަކަށް ހޮންޑާ ސްކޫޕީ ސައިކަލެއް ލިބޭނެއެވެ.

އޭސް ހާޑްވެއާއިން ބުނީ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ މި ސޭލް ޕްރޮމޯޝަންގައި އޭސް ހާޑްވެއާ އާއި ކަލަ ބޭންކްއާއި ހުޅުމާލޭގައި ހުންނަ ކަލަ ބޭންކް ހޯމްއިން 350 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށްގެން ބައިވެރިވެވޭނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ގިނަ އަދަދެއްގެ މުދަލުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގެ ތަފާތު ހަރަކާތްތައް ސޯޝަލް މީޑިއާގައި އަދި އޭސް ހާޑްވެއާގެ ވެބްސައިޓްގައި ވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން މި ޕްރޮމޯޝަންގެ މުއްދަތުގައި އޭސް ހާޑްވެއާގެ ފޭސްބުކް ޕޭޖުގައި ޚާއްސަ މުބާރާތްތަކެއްވެސް ކުރިއަށްގެންދާނެއެވެ. އެ މުބާރާތުގެ ތެރެއިން ކަލަ ބޭންކްއާއި އޭސް ހާޑްވެއާއިން އަގު ހުރި އިނާމުތަކެއް ލިބޭނެއެވެ.

އިއްޔެ ފެށި އެ ޕްރޮމޯޝަން ކުރިއަށް ދާނީ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭސް ހާޑްވެއާގެ ފިހާރައެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވާފައިވަނީ ޑިސެމްބަރު 20، 2011ގައެވެ. މި ފިހާރައަކީ ދެކުނު އޭޝިއާގައި އެ ކުންފުނިން ހުޅުވި ފުރަތަމަ ފިހާރައެވެ.

އޭގެ ދެ އަހަރު ފަހުން ޑިސެމްބަރު 19، 2013ގައި އޭސް ހާޑްވެއާގެ ދެވަނަ ފިހާރައެއް ހެންވޭރުގައި ހުޅުވިއެވެ. އަދި މާޗް 17، 2022ގައި އޭސް ހޯމް ސެންޓަރުގެ ނަމުގައި އޭސް ހާޑްވެއާގެ ތިން ވަނަ ފިހާރައެއް ހުޅުވިއެވެ.

މަޖީދީ މަގުގައި ހުންނަ އޭސް ހޯމް ސެންޓަރުގައި، އޭސް ހާޑްވެއާގެ އެހެން ފިހާރަތަކުގައި ހުންނަ މުދަލުގެ އިތުރުން ސިޓިން ރޫމާއި ކޮޓަރިއާއި ބަދިގެއަށް ބޭނުންވާ ގިނަ މުދާ ލިބެން ހުރެއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ ނަން މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް