މެލޭޝިއާގެ ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރުމަށް ރަނުގެ ފުރުސަތެއް!

ކިއު ސްޓަޑީން ކުރިއަށް ގެންދާ އެކްސްޕޯ

ދިވެހި ދަރިވަރުންނަށް މެލޭޝިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުން މަތީ ތައުލީމް ހާސިލްކުރުމަށް ފުރުސަތު ހުޅުވާލައި "ކިއު ސްޓަޑީ މޯލްޑިވްސް" އިން ޚާއްސަ އެކްސްޕޯއެއް ފަށައިފިއެވެ.

މިއީ ކިއު ސްޓަޑީ އާއި މެލޭޝިއާގެ އެންމެ ފެންވަރު ރަނގަޅު 40 ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދާ އެކްސްޕޯއެކެވެ. އެގޮތުން އިއްޔެ ފެށި އެ އެކްސްޕޯ މާދަމާގެ ނިޔަލަށް ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން "ސަން"އަށް މައުލޫމާތު ދެއްވަމުން ކިއު ސްޓަޑީގެ ސީއީއޯ އަހުމަދު ޒައިން ނާޒިމް "ސަން" ވިދާޅުވީ، އެކްސްޕޯގެ ދަށުން މެލޭޝިއާގައި ފައުންޑޭޝަން ލެވެލްއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ތައުލީމް ހާސިލްކުރުމާ ބެހޭ މައުލޫމާތު ދޭނެ ކަމަށެވެ.

މި އެކްސްޕޯގައި ޔުނިވާސިޓީތަކުގެ މީހުންނާއި ދަރިވަރުންނާ ބައްދަލުވެ, އެމީހަކު ތައުލީމް ހާސިލްކުރުމަށް ޝައުގުވެރިވާ ދާއިރާއަކާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެކްސްޕޯ ތެރެއިން ޔުނިވާސިޓީތަކުން ހުރި ސްކޮލަޝިޕްގެ ފުރުސަތުތަކާއި ވަގުތުން ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތުވެސް ދަރިވަރުންނަށް ލިބޭނެ ކަމަށް ޒައިން ވިދާޅުވިއެވެ.

ކިއު ސްޓަޑީން ކުރިއަށް ގެންދާ އެކްސްޕޯ
ކިއު ސްޓަޑީން ބުނީ މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ މަގުސަދަކީ ދަރިވަރުން ޔުނިވާސިޓީތަކުން ތައުލީމް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ކުޑަކޮށްދީ، ފަސޭހަކަމާއި އަވަސް ކަމާއެކު ކުދިންނަށް ކިޔެވުމުގެ ކަންކަން ހަމަޖެހިގެން ދިއުން ކަމަށެވެ. އަދި ޔުނިވާސިޓީތަކުގެ ބޭފުޅުންނާ ބައްދަލުވެ ގާތް ގުޅުމެއް އުފެދި، އެކުދިން ޚިޔާރުކުރާ ތަނަކީ އެންމެ އެކަށީގެންވާ ފެންވަރު ރަނގަޅު ޔުނިވާސިޓީކަން ޔަގީންކޮށްދިނުން ކަމަށްވެސް ކިއު ސްޓަޑީން ބުނެއެވެ.


ގިނަ ފަހަރު ކުދިން ކިޔަވަން ބޭނުންވީމަ ވަރަށް ގިނަ ދުވަސް އެބަ ހޭދަވޭ ޔުނިވާސިޓީ އާ ދެމެދު ކޮންޓެކްޓް ކުރަންވެސް. ކަންކަން ކުރަން ޖެހޭ ގޮތްވެސް ކުދިންނަށް އޮޅުން ނުފިލާ އެބަ އޮވޭ. އަޅުގަނޑުމެން އެ ގެޕް މި ކުޑަކޮށްދެނީ. ކުދިންނާ ވީހާވެސް ގާތުން މިކަން ކުރުމަށް. މިހާރު ކުދިން ކިޔަވަން ފޮނުވާ ހިސާބުން ފެށިގެން ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެނބުރި އަންނަންދެން އަޅުގަނޑުމެން ފޮނުވާ ދަރިވަރުންގެ މައުލޫމާތު ބަލަމުން ގެންދާނަން. ކުދިން ބަލިވީމަވެސް މެލޭޝިއާގައި ދިރިއުޅޭ އަޅުގަނޑުމެންގެ ސްޓާފުން އެދަރިވަރެއްގެ ހާލު ގާތުން ބަލަމުން ގެންދާނެ. އަހުމަދު ޒައިން ނާޒިމް / ސީއީއޯ - ކިއު ސްޓަޑީ

މި އެކްސްޕޯގައި ޖުމްލަ 40 ޔުނިވާސިޓީއެއް ބައިވެރިވާއިރު، އަށް ޔުނިވާސިޓީގެ ބޭފުޅުން އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މާލޭގައި މި އިވެންޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 16:00 އިން ރޭގަނޑު 22:00 އަށް މީރުމާ ހޯލުގައެވެ. މާދަމާ އައްޑޫ ސިޓީގައި މި އިވެންޓް ކުރިއަށް ދާނީ ހަވީރު 16:00 އިން އިރުއޮއްސި 18:00 އަށް އައްޑޫ ހައި ސްކޫލުގައެވެ. މީގެއިތުރުން އާދިއްތަ ދުވަހު މެންދުރު 14:00 އިން 18:00 އަށް ކުޅުދުއްފުށި ސިޓީގައި މި އެކްސްޕޯ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް