އައިއޯއައިޖީއަށް ތައްޔާރުވުމަށް ގައުމީ ރިލޭ ޓީމް އިންޑިއާ އަށް

ޖުލައި 29، 2019: މޮރިޝަސްގައި ކުރިއަށް ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖެއަށް ރަން ވަނަތަކެއް ހޯދައިދިން އެތްލީޓުން މާލެ އައުމުން ހޫނު މަރުހަބާއެއް ކިއުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އޮގަސްޓުމަހު ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް ތައްޔާރުވުމަށް ރާއްޖޭގެ ރިލޭ ޓީމު ތަމްރީންތަކަށް އިންޑިއާ އަށް ފުރަން ތައްޔާރުވެއްޖެއެވެ.

މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 15 ވަނަ ދުވަހަށް ބާއްވަން ހަމަޖެހިފައިވާ ތަމްރީނުތައް އޮންނާނީ އިންޑިއާގެ ބެންގަލޫރުގައެވެ.

އެ ތަމްރީނުތަކުގައި ރާއްޖޭގެ 10 ދުވުންތެރިން ބައިވެރިވާނެއެވެ. އޭގެ ފަހުން އައިއޯއައިޖީއަށް ރާއްޖޭގެ ފައިނަލް ރިލޭ ޓީމު ނެގުމަށް ވަނީ ނިންމަައިފައެވެ.

އެ ޓީމާއެކު މެއި މަހުގެ އެއްވަނަ ދުވަހުން އޮގަސްޓް 15 އަށް އަނެއްކާ ވެސް ބޭރުގެ ގައުމަކަށް ތަމްރީނު ހެދުމަށް ފުރަން ވަނީ ހަމަޖެހިފައެވެ.

ތަމްރީނު ހެދުމަށްދާ ދުވުންތެރިން

އަންހެން ޓީމު

  • އާމިނަތު ޖާއިޝާ ޖުނީޒް
  • ޒިވާ މޫސާ ޝަފީއު
  • ރިފާ މުހައްމަދު
  • މަރިޔަމް އަލްހާ ހުސައިން
  • އައިޝަތު ޝަބާ ސަލީމް

ފިރިހެން ޓީމު

  • އަބްދުއްރަޝީދު އިސްމާއިލް
  • ހުސައިން ރިޒާ
  • ހަސަން ސާއިދު
  • އަހުމަދު ނަޖުދާން އަބްދުﷲ
  • ހުސައިން ޒީކް ސުއާދު

މަޑަގަސްކަރައިގައި ބާއްވާ އެ މުބާރާތް ކުރިއަށްދާނީ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުން ސެޕްޓެމްބަރުގެ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނީ ރާއްޖެއަށެވެ. ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިތަކާ ހުރެ މިއަހަރުގެ އައިއޯއައިޖީ ބާއްވަން ވަރަށް ބައިވަރު ގޮންޖެހުންތަކެއް ހުރިަކަމަށް ބުނެ ރާއްޖޭން ވަނީ އެ މުބާރާތް 2025 ވަނައަހަރަށް ފަސްކޮށްދޭން އެދިފައެވެ.

އެހެން ނަމަވެސް އިތުރު ދެ އަހަރު މަޑުކުރަން ބޭނުންނުވާތީ އާއި އަންނަ އަހަރު ގޭމްސް ބޭއްވުމަށް ރާއްޖެއާ ދެން ވާދަކުރި މަޑަގަސްކަރައިގެ އިއުތިރާޒެއް ނެތުމުން 2023 ވަނަ އަހަރުގެ ގޭމްސް އެ ގައުމުގައި ބޭއްވުމަށް އައިއޯއައިޖީގެ ކައުންސިލުން ނިންމީއެވެ.

comment ކޮމެންޓް