ރަސްފަރީ ފަރު އަލުން އިއާދަކުރުމަށް ފަސް އަހަރަށް ބޮޑު މަޝްރޫއެއް

ރަސްފަރި ފަރަށް އުރުނު ބޯޓު ފުންކުރުމުގެ ތެރެއިން ----

ރަސްފަރީ ފަރަށް ލިބުނު ބޮޑު ގެއްލުމުން އެ ފަރު އަލުން އިއާދަކުރަން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ބޮޑު މަޝްރޫއެއް ހިންގަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން އިއުލާންކޮށްފިއެވެ.

ދިގުމިނުގައި 190 މީޓަރު ހުންނަ ޕެނަމާގެ "އެމްވީ ނެވިއޯސް އެމެރައިލިސް" ބަލްކް ކެރިއާ ބޯޓު ރަސްފަރީ ފަރަށް އުރުނީ 2021ވަނަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހެވެ. އެކަމުގެ ޖޫރިމަނާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިއަން ޑޮލަރު (154.2 މިލިއަން ރުފިޔާ) ވަނީ ދައްކައިފައެވެ.

އަލުން އެ ފަރު ކުރީގެ ހާލަތަށް އިއާދަކުރުމަށް އެހީތެރިވާނެ ބަޔަކު ހޯދަން އިއްޔެ އީޕީއޭއިންވަނީ އިއުލާންކޮށްފައެވެ.

އެހީތެރިކަން ބޭނުންވާ ދާއިރާތައް:

- މުރަކައިގެ ފްރެގްމަންޓްސް ހޯދޭނެ ތަންތަން ދެނެގަތުމާއި، ނާސަރީތައް ހެދުން.

- ނާސަރީތައް މޮނީޓަރުކުރުމާއި މެނޭޖުކުރުން.

- ނާސަރީތަކުގައި އާލާކުރާ މުރަކަ ރަސްފަރީ ފަރުގައި އިންދުން.

- މުރަކައިގެ އެކިއެކި ފްރެގްމަންޓުތައް އަލުން ފަރުގައި އިންދުން.

- ފަރުގައި އަލުން އިންދާ މުރަކަ ހުންނަ ތަންތަން މޮނީޓަރުކުރުން.

- ދަތުރުފަތުރު ފަދަ ލޮޖިސްޓިކްގެ ކަންކަމުގައި އެހީތެރިވުން.

- މުރަކަ އަލުން އިންދުމާއި، މި މަޝްރޫއު މެނޭޖުކުރުމުގެ މަސައްކަތަށް ފަންނީ ލަފާ ދިނުން.

މި ކަމާ ގުޅިގެން "ސަން"އާ މިއަދު ވާހަކަދައްކަވަމުން މި ޕްރޮޖެކްޓުގެ މެނޭޖަރު ފަތުހުﷲ އިސްމާއީލް ވިދާޅުވީ، މި ކަމުގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައިވާކަމަށެވެ.

މިއީ ވަރަށް ގިނަ މަސައްކަތްތަކެއް ހިނގާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މިއީ ދާއިރާގައި މަސައްކަތްކުރަން ބޭނުންވާ ހުރިހާ އެންމެނަށް ހަމަ، ސައިންޓިސްޓުންނާއި، ޑައިވަރުންނާއި، ފޮޓޯ ގްރާފަރުންނާއި، މިހެން ގޮސް އަލަށް މި މަސައްކަތަށް ފަށައިގަންނަ ބޭފުޅުންނަށް ލިބޭނެ ފުރުސަތެއްކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވިއެވެ.

އެއާއެކު ވަރަށް އަވަހަށް މި މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރާނެކަމަށް ވިދާޅުވިއެވެ.

ކ. ރަސްފަރީ ކައިރި އޮންނަ ހިމާޔަތްކޮށްފައިވާ ފަރަށް އެރި ޕެނަމާގެ އެމްވީ ނަވިއޯސް އަމާރީލިސް. ފޮޓޯ/އެމްއެންޑީއެފް

ރަސްފަރީއާއި އެރަށުގެ ވަށައިގެންވާ ފަރަކީ ސެޕްޓެމްބަރު 27، 1995އިން ފެށިގެން ހިމާޔަތް ކޮށްފައިވާ ސަރަހައްދެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިންމު އެއް ސަރަހައްދެވެ. އެ ސަރަހައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާއާއި މަޑިޔާއި މިޔަރުގެ އިތުރުން ވެލާ ފެންނަ ސަރަހައްދެކެވެ.

https://www.sun.mv/159763

އޭގެ ތެރޭގައި ހިމެނެނީ ޖޫރިމަނާ ފައިސާގެ އިތުރުން ފަރަށް ގެއްލުން ލިބުނު ސަރަހައްދު ކުރިން އޮތްގޮތަށް އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އެމްއެމްއޭގެ ޕަބްލިކް ބޭންކް އެކައުންޓަށެވެ.

އެއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން ދައުލަތަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރެވެ. އަދި ތިމާވެއްޓަށް ލިބުނު ގެއްލުމެއް ރަނގަޅުކުރުމުގެ މަސައްކަތަށް ހަރަދުކުރުމަށް ޝަރުތުކޮށް އެހާ ބޮޑު އަދަދެއްގެ ފައިސާއެއް ދައުލަތަށް ހޯދި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް