މޯލްޑިވްސް ލިވިން އެކްސްޕޯގެ 10 ވަނަ އެޑިޝަން ފަށައިފި

ލިވިން އެކްސްޕޯ ފައްޓަވައިދެއްވުމަށްފަހު މިނިސްޓަރު ފައްޔާޒު ސްޓޯލްތައް ބައްލަވާލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

މޯލްޑިވްސް ލިވިންގް އެކްސްޕޯގެ 10 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

އެކްސްޕޯ ފައްޓަވައިދެއްވުމަށް ފަހު މިނިސްޓަރުވަނީ އެކްސްޕޯގައި ބައިވެރިވި ވިޔަފާރިތަކުގެ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާ އެ ތަންތަން ބައްލަވައިލައްވައިފައެވެ.

މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގެ ޚިދުމަތްތައް ދައްކައިލައި، ވިޔަފާރީގެ މާހައުލެއް ގާއިމްކޮށްދިނުމުގެ ގޮތުން ބާއްވާ އެކްސްޕޯއެކެވެ.

މި އަހަރުގެ އެކްްސްޕޯގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ކުންފުނިތައް ހިމެނޭހެން 35 ކުންފުންޏެއް ބައިވެރިވެއެވެ.

އޭގެ ތެރޭގައި އުރީދޫއާއި،ޕްރޮކްސީ ހޯމާއި، އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓްސްގެ އިތުރުން ދަ ކްރީކް ވިއު އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ހިމެނެއެވެ.

މި އަހަރުގެ އެކްސްޕޯގެ މެއިން ސްޕޮންސަރަކީ ޓާޓާ ހައުސިންގެ ލަކްސަވަންއެވެ. ސަޕޯޓިން ޕާޓްނަރުންނަކީ އެޗްޑީސީއާއި ހައުސިން މިނިސްޓްރީއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އެވެ.

އެކްސްޕޯ ޚާއްސަކޮށްފައިވަނީ ހަމައެކަނި ބޮޑެތި ވިޔަފާރިތަކަށް އެކަންޏެއް ނޫނެެވެ. ކުދި ވިޔަފާރިތަކަށް ޚާއްސަ ސްޓޯލްތަކެއް ވެސް މި އެކްސްޕޯގައި ހުންނާނެއެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯ ބާއްވަން ފެށީ 2013 ވަނަ އަހަރެވެ.

comment ކޮމެންޓް