ޕްރައިމަރީގައި ވާދަވެރިއަކު ނެތި އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަންފޮޓޯ/ ނާއިލް ހުސެން

ސަރުކާރާ ވާދަވެރި ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރަން ނިންމި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީގައި އިތުރު މީހަކު ވާދަނުކޮށް، އެ ޕާޓީގެ ރިޔާސީ ޓިކެޓު، އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމަށް މިއަދު ލިބިއްޖެއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ އެއްވަނަ ދުވަހެވެ.

ދެ ހަފުތާގެ ފުރުސަތަކަށްފަހު ޕްރައިމަރީގައި ކުރިމަތިލުމުގެ ސުންގަޑި ހަމަވީ މިއަދު މެންދުރު 14:00އަށެވެ.

އެއިރު ކުރިމަތިލައިފައި ވަނީ ނާޒިމް އެކަންޏެވެ. ޕާޓީގެ އަސާސީ ގަވައިދު ބުނާ ގޮތުން އެއް މެމްބަރަކު ކުރިމަތިލައިފި ނަމަ އިންތިޚާބަކަށް ދާކަށް ނުޖެހެއެވެ.

"އިތުރު މެމްބަރަކު ކުރިމަތިލައިފައި ނުވާތީ، ޕާޓީގެ ރައީސް ނާޒިމް ޓިކެޓު ދިފާއުކުރެއްވީ އެ. އަޅުގަނޑުމެން ރަސްމީކޮށް އެ ޓިކެޓު ހަވާލުކުރަން ބާއްވާނަން ރަސްމިއްޔާތެއް،" ޕާޓީގެ ތަރުޖަމާނު ޝިދާތާ ޝަރީފް މިއަދު "ސަން"އަށް ވިދާޅުވިއެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ކެމްޕެއިންގެ މަސައްކަތްތައް ވަރަށް އަވަހަށް ރާވަން ފަށާނެކަމަށެވެ.

comment ކޮމެންޓް