ކޮރަޕްޝަންގެ މައްސަލައެއްގައި ދުންޔާ އޭސީސީއަށް ހާޒިރުކޮށްފި

އެމްއެންޕީގެ ކޮންގްރެސްގެ ތެރެއިން --- ސަން ފޮޓޯ/ ނާއިލް ހުސެން

ޚިޔާނާތުގެ މައްސަލައެއްގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިއަދު ހާޒިރުކޮށްފިއެވެ.

އޭނާ އޭސީސީއަށް ހާޒިރުކުރީ މިއަދު ހެނދުނު 11:00އަށެވެ.

މިކަމާ ގުޅުންހުރި އިތުރު މައުލޫމާތު ހޯދާލުމަށް "ސަން" އިން ދުންޔާ އަށް ގުޅާލުމުން ޖަވާބެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް އޭނާ ކޮށްފައިވާ ޓްވީޓުގައިވާ ގޮތުން އޭނާ އޭސީސީއަށް ހާޒިރުކުރީ ސިޔާސީ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ފައިސާއިން އެންމެ ރުފިޔާއެއްގައި ވެސް ޖެހިފައިނުވާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން އޭސީސީއަށް ގުޅާލުމުން އެފަދަ މައްސަލަތަކުގައި ހާޒިރުކުރާ މީހުންނާއި، ހާޒިރުކުރާ ސަބަބު އެ ކޮމިޝަނުން ހާމަނުކުރާކަމަށް ބުނެ މައުލޫމާތު ދީފައެއް ނުވެއެވެ.

comment ކޮމެންޓް