ސޮނީ ފިޝިންގެ ކަނޑުފޯރީގެ މަސް ރޭސްތައް ތަފާތު ވާނެ!

ސޮނީ ފިޝިންގެ ކަނޑު ފޯރި

މަސް ބޭނުމަށާއި މަސް ރޭސް ތަކުގައި ބައިވެރިވުމަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ސޮނީ ފިޝިން އިން ހުޅުވާލަނީ ތަފާތު ގޮތެއްގައި މަސް ރޭހެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. އެގޮތުން އުނިކްސް ސްޕޯޓިން އާ ގުޅިގެން ސޮނީ ފިޝިން އިން ކަނޑު ފޯރީގެ ނަމުގައި އަންނަ އަހަރަށް ހުޅުވާލަނީ ޕިޒިކަލްކޮށް އަދި ވާޗުއަލްކޮށްވެސް މަސް ރޭހެއްގައި ބައިވެރިވުމުގެ ފުރުސަތެވެ.

ކަނޑު ފޯރި އަކީ ޖުމްލަ ދެ ފިޒިކަލް މަސްރޭހާ އެކު 12 ވާޗުއަލް މަސް ރޭސް ހިމެނޭ ބޮޑު އިވެންޓެކެވެ. އެގޮތުން މި އިވެންޓުތައް ކުރިއަށް ދާނީ އަންނަ އަހަރަށް ބަހާލައިގެންނެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ސޮނީ ފިޝިންއިން ހުޅުވާލި މި އިވެންޓުގައި އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން އަދި ޓީމެއްގެ ހައިސިއްޔަތުންވެސް ބައިވެރިވެވޭނެއެވެ. އެގޮތުން ޓީމެއްގެ ގޮތުގައި ބައިވެރިވާނަމަ ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހޭއިރު، އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ބައިވެރިވާނަމަ ހިލޭ ބައިވެރިވެވޭނެއެވެ.

ސޮނީ ފިޝިންގެ ކަނޑު ފޯރި

މި އިވެންޓުގައި ބައިވެރިވުމަށް އިއްޔެ ފުރުސަތު ހުޅުވާލިއިރު، މި އިވެންޓުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖެނުއަރީ މަހުގެ 10 އަށެވެ. އަދި މި އިވެންޓުގައި ބައިވެރިވާ ކޮންމެ މީހަކަށް ހިލޭ ކިޓެއް ލިބޭނެއެވެ. އެގޮތުން މި ކިޓުގައި ހިމެނެނީ ޓީ ޝާޓަކާއި އަދި މެޝަރިން ޓޭޕެކެވެ.

މަސް ރޭސްތަކުގެ ފުރަތަމަ ފިޒިކަލް މަސް ރޭސް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ދެން ހުރި އިވެންޓުތައް އޮންނާނެ ތާރީޚުތައް ސޮނީ ފިޝިންއިން އަންގަމުން ދާނެއެވެ.

މި އިވެންޓުގައި ބައިވެރިވުމަށް އެންމެ ފުރަތަމަ، ކަނޑުފޯރީގެ ވެބްސައިޓުން އިވެންޓަށް ސައިންއަޕް ވެލާށެވެ. އެއަށް ފަހު މަންތްލީ މުބާރާތްތަކަށް ސަބްސްކްރައިބް ކޮށްލާށެވެ. އަދި އެއަށް ފަހު، ބޭނޭ ކޮންމެ މަހެއް އަޕްލޯޑް ކުރުމަށްފަހު ލީޑާބޯޑްގައި ބައިވެރިވެލުމުން ފުދޭނެއެވެ.

ތަފާތު އިނާމުތައް ހުށަހަޅާފައިވާ މި އިވެންޓުގެ އެއްވަނަ އަށް ދާ މީހަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނައަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއިރު ތިން ވަނަ އަށް 2،500 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް ސަރަގޮސާ ދޮށްޓެއް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް