ދަރަނބޫދޫއާއި ފީއަލީގައި ޕޮލިސް ޕޯސްޓްތައް ހުޅުވައިފި

ފ. ދަރަނބޫދޫގައި މިއަދު ޕޮލިސް ޕޯސްޓް ހުޅުވުން -- ފޮޓޯ/ ޕޮލިސް

ފ. ދަރަނބޫދޫއާއި އެ އަތޮޅު ފީއަލީގައި ޕޮލިސް ޕޯސްޓްތައް މިއަދު ހުޅުވައިފިއެވެ.

މި ދެެ ރަށުގައި ޕޮލިސް ޕޯސްޓް، ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުން އަލީ ރަޝީދާއި އަބްދުލް މަންނާން ޔޫސުފްގެ އިތުރުން ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ފ. ފީއަލީގައި މިއަދު ޕޮލިސް ޕޯސްޓް ހުޅުވުން -- ފޮޓޯ/ ޕޮލިސް

އެ ދެ ޕޮލިސް ޕޯސްޓް ހުޅުވުމަށްފަހު، އިމްރާން މިއަދު ކުރެއްވި ޓްވީޓުގައި ލިޔުއްވާފައިވަނީ ދަރނބޫދޫއަކީ ކުށް މަދު ރަށެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރަށެއް ކަމަށެވެ. އަދި މިއަދު ހުޅުވި ޕޮލިސް ޕޯސްޓުގެ ސަބަބުން ދަރަނބޫދޫއަކީ މިހާރަށްވުރެ ވެސް ކުށް މަދު، އަމާން، ސުލްހަވެރި އަދި އުފާފާގަތި ރަށަކަށް ވުމަށް މަގުފަހިވެގެންދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ފީއަލީގައި ޕޮލިސް ޕޯސްޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ޕޮލިސް

ބޮޑެތި އާބާދީތައް ހިމެނޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށްފައިވާއިރު، ކުދި އާބާދީތައް އޮންނަ ގިނަ ރަށްރަށުގައި ވެސް ޕޮލިސް ޕޯސްޓްތައް މިހާރު ވަނީ ގާއިމުކޮށްފައެވެ.

comment ކޮމެންޓް