އިންޓާ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ތިންވަނަ މައިލޯ އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތް --ސަން ފޮޓޯ/ ފަޔާޒު މޫސާ

ހޭންޑްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓާ ސްކޫލް ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ އެސޯސިއޭޝަނުން ބުނީ، މި މުބާރާތް ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހު ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލިކަން ހާމަކޮށް ހޭންޑްބޯލް އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ސްކޫލްތަކުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ސިޓީ ފޮނުވަން އެދޭ ކަމަށެވެ.

އަދި މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ރަޖިސްޓްރޭޝަން ފޯމް، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ އެސޯސިއޭޝަނަށް ފޮނުވަން ޖެހޭނެކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމްލިސްޓު ހުށަހަޅަންޖެހޭ އެންމެފަހު ތާރީޚަކީ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގެ 14:00 އެވެ.

މުބާރާތް ބާއްވާނީ 15 އަހަރާއި 17 އަހަރުންދަށުގެ އުމުރުފުރާއިން އަންހެން އަދި ފިރިހެން ކެޓަގަރީއަށް ބަހާލައިގެންނެވެ.

އަންނަ އަހަރުގައި ބާއްވާ އިންޓާ ސްކޫލް ހޭންޑްބޯލް މުބާރާތަކީ މި މުބާރާތުގެ ހަވަނަ އެޑިޝަނެވެ.

comment ކޮމެންޓް