މަންތާއިން ކުޅުދުއްފުއްޓަށް ޗާޓަރު ދަތުރުތަކެއް ބާއްވަނީ

މަންތާ އެއާގެ އެއާކްރާފްޓެއް --- ފޮޓޯ/ މަންތާ އެއާ

މި މަހުގެ ފަހުކޮޅުން ފަށައިގެން މަންތާ އެއާއިން ކުޅުދުއްފުއްޓަށް ޗާޓަރު ދަތުރުތަކެއް ބާއްވަން ނިންމައިފިއެވެ.

މަންތާއިން ކުޅުދުއްފުއްޓަށް ބާއްވާ މި ދަތުރުތަކަކީ ސްކޫލު ބަންދާ ދިމާކޮށް ބާއްވާ ދަތުރުތަކެކެވެ. އެގޮތުން މިހާރު ޓިކެޓު ބުކްކޮށް ގަތުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

މި މަހު މަންތާއިން ދެ ދަތުރެއް ކުޅުދުއްފުށްޓަށް ކުރާނެއެވެ. އެގޮތުން ޗާޓަރުކޮށް ބާއްވައި އެންމެ ފުރަތަމަ ދަތުރު އޮންނާނީ މި މަހުގެ 22ވަނަ ދުވަހެވެ. ދެވަނަ ދަތުރު އޮންނާނީ މި މަހުގެ 25ގައެވެ.

އޭގެ ފަހުން ދެން ފްލައިޓު ދަތުރު އޮންނާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަތްވަނަ ދުވަހެވެ.

މަންތާ އެއާއިން ޑޮމެސްޓިކް ފްލައިޓުތަކުގެ ޚިދުމަތް ދެނީ އޭޓީއާރް 600-72 މަރުކާގެ ބޯޓާއި ބީޗްކްރާފްޓު 1900ޑީ މަރުކާގެ ބޯޓު ބޭނުންކޮށްގެންނެވެ.

މަންތާއިން ދަތުރުތައް ޝެޑިއުލްކޮށް ބާއްވަނީ ތިން ޑޮމެސްޓިކް އެއާޕޯޓަކަށެވެ. އެއީ ހޯރަފުށީ އެއާޕޯޓަށާއި، ދަރަވަންދޫ އެއާޕޯޓަށާއި ދ. ކުޑަހުވަދޫ އެއާޕޯޓަށެވެ.

މަންތާ އެއާލައިނުން ދަނީ ސީޕްލޭންގެ ޚިދުމަތް ވެސް ދެމުންނެވެ.

comment ކޮމެންޓް