ނޮޅިވަރަންފަރު ޒުވާނަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދާ އާލިމް -- ފޮޓޯ/ ފުލުހުން

ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން, ފުލުހުން އޭނާ ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަނީ 31 އަހަރުގެ ހދ. ނޮޅިވަރަންފަރު، ނޫރަންވިލާ ހުސައިން އާލިމްއެވެ.

ފުލުހުން ބުނީ ވީނުވީއެއް ނޭނގި އޭނާ ގެއްލިފައި ވަނީ މިދިޔަ ބުދަ ދުވަހު ކަމަށާއި އެ ދުވަހު އޭނާ މާލެއައިކަން އެނގޭކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ.

އޭނާ ގެއްލިފައިވާކަން އާއިލާއިން ރިޕޯޓުކުރީ މިއަދު މެންދުރު 2:45ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާލިމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ހޮޓްލައިން 332211އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

comment ކޮމެންޓް