ސަން ވޯލްޑްކަޕް ފޯރި: އިއްޔެ ކުޅުނު މެޗުތަކުގެ ސްކޯ ދިމާކުރި ނަސީބުވެރިން ހޮވައިފި

މިއަދު ކުރިއަށްގެންދިޔަ ގުރުއަތު ނެގުމުގެ ތެރެއިން--

ވޯލްޑްކަޕް މެޗުތަކުގެ ސްކޯ ދިމާކުރާ މީހުންނަށް ޚާއްސަކޮށްގެން ސަން އިން ކުރިއަށްގެންދާ "ސަން ވޯލްޑްކަޕް ފޯރި" ގައި އިއްޔެ ކުޅުނު ހަތަރު މެޗުގެ ސްކޯ ދިމާކުރި ނަސީބުވެރިން ހޮވައިފިއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެއަކީ ފޯރިގަދަ މެޗުތަކެއް ކުޅުނު ދުވަހެކެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ، ތޫނިސް އާއި އޮސްޓްރޭލިއާ އެވެ. ދެވަނަ މެޗުގައި ޕޮލެންޑާ ސައުދީ ބައްދަލުކޮށްފައިވާއިރު، ތިންވަނަ މެޗުގައި ބައްދަލުކުރީ ފްރާންސް އާއި ޑެންމާކެވެ. އިއްޔެ ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރިކޮށް ދިޔަ މެޗަކީ އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރި މެޗެވެ.

އިއްޔެ ކުޅުނު މެޗުތަކުގެ ސްކޯ ދިމާކުރުމަށް ވަރަށް ގިނަ މީހުން ވަނީ މެސެޖުކޮށްފައެވެ. ސްކޯ ދިމާކުރުމަށް މެސެޖުކުރި އެންމެންގެ މެދުގައި ގުރުއަތުލުން މިއަދުވެސް ކުރިއަށްގެންގޮސްފައިވަނީ ސަންގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ވަގުތުންނެވެ.

އިއްޔެ ކުޅުނު ހަތަރު މެޗުގެ ނަތީޖާ ދިމާކުރި މީހުން:

ތޫނިސް، އޮސްޓްރޭލިއާ: 9671295

ޕޮލެންޑް، ސައުދީ: 9906639

ފްރާންސް، ޑެންމާކް: 7478236

އާޖެންޓީނާ، މެކްސިކޯ: 7470298

"މެޗަކަށް ޕިއްޒާއެއް" ނަމުގައި ވޯލްޑްކަޕް މެޗުތަކުގެ ސްކޯދިމާކުރާ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ އިނާމަކީ ލަވޭރާއިން ތައްޔާރުކުރާ ޕިއްޒާއެވެ. ގުރުއަތުން ހޮވޭ މީހުންނަށް އެމީހަކު ބޭނުން ވައްތަރެއްގެ ޕިއްޒާއެއް ލިބޭނެއެވެ.

"ސަން ވޯލްޑްކަޕް ފޯރި" މެޗުތަކުގެ ސްކޯ ދިމާކުރުމަށް އެސްއެމްއެސް ކުރާނީ SUN(SPACE)<team&score>-<team&score ފުރިހަމަ ކުރުމަށްފަހު 2747 އަށެވެ.

"ސަން ވޯލްޑްކަޕް ފޯރި" ގައި ކޮންމެ މެޗެއްގެ ސްކޯ ދިމާކުރާ މީހަކަށް ޕިއްޒާއެއް ލިބުމުގެ އިތުރުން ބެޑްރޫމް ސެޓެއް ލިބުމުގެ ފުރުސަތުވެސް އެބައޮތެވެ. ދަމާސް އިން ހުށަހަޅާފައިވާ މި އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މުޅި ވޯލްޑްކަޕް ތެރޭގައި އެސްއެމްއެސް ކުރާ މީހުންގެ މެދުގައި ގުރުއަތު ނަގައިގެންނެވެ.

ބެޑްރޫމްސެޓް ބޭނުންވާ މީހުން އެސްއެމްއެސް ކުރާނީ: SUN(SPACE)BEDROOMSET ޖެހުމަށްފަހު 2747 އަށެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރި އިތުރުކުރުމުގެ ގޮތުން ސަން އިން ކުރިއަށްގެންދާ "ސަން ވޯލްޑްކަޕް ފޯރީ" ގެ ޓައިޓަލް ސްޕޮންސަރަކީ ރެޑްސްޓާއެވެ.

comment ކޮމެންޓް