މަސައްކަތު މީހާއަށް އެހީވުމުން ޑރ. ހަސަން ހަމީދަށް ތައުރީފް

އާސަހަރާ މިސްކިތުގެ މަސައްކަތު މީހާ ކޮތަޅަށް ކުނި އަޅަންދެން ޑރ. ހަސަން ހަމީދު ކޮަތަޅުގައި ހިފަހައްޓަވައި އެހީތެރިވެދެނީ --- ފޭސްބުކް ފޮޓޯ/ އަހުމަދު މުނައްވަރު

ހަޔާތުގައި ކާމިޔާބުވުމަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ދިރިއުޅުމުގައި ކުރާނެ އުއްމީދެކެވެ. ދުނިޔެ ތަރައްގީވެ ތަހުޒީބުގެ ރޭހުގައި މެކުހަށް ޖަހާފައިވާ މި ޒަމާނުގައި، ކާމިޔާބު މީހުންނަކީ ވަރަށް ބޮޑާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ނަމަވެސް ދިރިއުޅުމުގައި ކިތަންމެ ކުރިއަކަށްދެވި މަތީ މަގާމެއް ލިބުނު ނަމަވެސް ހިތްތިރި އަދި ހިތްހެޔޮ އިންސާނަކަށް ވެވިދާނެކަން، ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު ދައްކުވައިދީފިއެވެ.

އެމްއެންޔޫގެ ޗާންސިލާ ޑރ. ހަސަން ހަމީދު --- ފޮޓޯ/ އެމްއެންޔޫ

މިއަދު ޑރ. ހަސަން ހަމީދަށް އާއްމުންގެ ތައުރީފް ލިބުނީ އޭނާއާ ގުޅޭ ޕޯސްޓެއް މީހަކު ފޭސްބުކުގައި ޖެހި ހިސާބުންނެވެ. އެ ފޮޓޯތަކުން ފެންނަނީ ކުނި އަޅަންދެން ޑރ. ހަސަން ކޮތަޅެއް ހިފަހައްޓައިގެން ހުންނަ މަންޒަރެވެ.

މިކަން ހިނގިގޮތް ކިޔައިދެމުން އޭރު އެތަނުގައި ހުރި، އާސަހަރާ މިސްކިތުގެ ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު "ސަން"އަށް ބުނީ އެކަން ހިނގީ އިއްޔެ ހަވީރު 16:00 ހާއިރު ކަަމަށެވެ.

https://m.facebook.com/story.php?story_fbid=pfbid02KipbczZothxqVCsUDqyF62piasy4Lhtz9qrJm47kTmQRUsBxur12eoZSeb5ETQ8Nl&id=100076822291546&mibextid=qC1gEa

މުނައްވަރަށް ފެނުނީ އާސަހަރާ މިސްކިތުގެ މަސައްކަތު މީހާ ކުނި ކަހާފައި އެ ކުނިތައް ބޮޑު ކޮތަޅަކަށް އަޅަން އުޅެނިކޮށް އެ ކުނިތައް ބަންޑުންވި މަންޒަރެވެ. އޭރު އެތަނުގެ ކައިރީގައި ޑރ. ހަސަން ހުންނެވިއެވެ. އެތަން ފެނިވަޑައިގެން ޑރ. ހަސަން އަވަސްވެ ގަތީ އެ މަސައްކަތު މީހާއަށް އެހީވުމަށެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތު މީހާ ކޮތަޅަށް ކުނި އަޅަންދެން ޑރ. ހަސަން ހަމީދު ކޮަތަޅުގައި ހިފަހައްޓަވައި އެހީތެރިވެދެނީ --- ފޭސްބުކް ފޮޓޯ/ އަހުމަދު މުނައްވަރު

"އޭރު ޑރ. ހަސަން ހަމީދަށް ވެސް އެހިސާބަށް އާދެވުނީ. ދެން އެ ކޮތަޅު ކޮޅަށް ޖެހި. ދެން އެ މަސައްކަތު މީހާ ބަންޑުން ވި ކުނިތައް ކޮތަޅަށް އަޅަންދެން ހުރި އެކޮތަޅުގައި ހިފަހައްޓައިގެން އޭނަ ކުޅި ކޮތަޅަށް އަޅައި ނިމެންދެން،" އޭނާ ބުންޏެވެ.

ޑރ. ހަސަން ހަމީދުގެ މި ހިތްތިރި އަމަލު ފާހަގަކޮށް ފޭސްބުކުގައި ޖަހާފައިވާ ޕޯސްޓަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ. އަދި އާއްމުން އަންނަނީ އެކަމަށް ތައުރީފްކޮށް އެހެން މީހުން އެކަމުން ނަމޫނާ ލިބިގަތުމަށް ގޮވާލަމުންނެވެ.

ހާއްސަކޮށް ޑރ. ހަސަން ހަމީދު އެނގޭ ބައެއް މީހުން އެ ޕޯސްޓަށް ކުރި ކޮމެންޓުތަކުން އެނގެނީ ޑރ. ހަސަނަކީ ހިތްހެޔޮ، ސާދާ މީހެއް ކަމެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތު މީހާ ކޮތަޅަށް ކުނި އަޅަންދެން ޑރ. ހަސަން ހަމީދު ކޮަތަޅުގައި ހިފަހައްޓަވައި އެހީތެރިވެދެނީ --- ފޭސްބުކް ފޮޓޯ/ އަހުމަދު މުނައްވަރު

"ޑރ. ހަސަން ހަމީދަކީ ވަރަށް ސާދާ ސީދާ ބޭފުޅެއް. ހުންނެވީ ވަޒީރެއްގެ ފެންވަރުގައި،" އިންފޮމޭޝަން ކޮމިޝަންގެ ޑިރެކްޓާ ޖެނެރަލް، ހަސަން ޝާކިރު މުހައްމަދު އެ ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ވިދާޅުވިއެވެ.

ޑރ. ހަސަން ހަމީދަކީ ގައުމީ ޔުނިވާސިޓީގެ މިހާރުގެ ޗާންސެލާއެވެ. އޭނާއަކީ އިލްމީ އެތައް ލިޔުންތަކެއް ލިޔުއްވާ އަދި އިލްމީގޮތުން އެކި ކަންކަމާ މެދު ވާހަކަ ދައްކަވައި އާއްމުންގެ ސަޕޯޓް ހޯދައިފައިވާ އިލްމީ ބޭފުޅެކެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ އިސް އެހެން މަގާމުތަށް ވެސް އަދާ ކުރައްވައިފައެވެ. އެގޮތުން ޑރ. ހަސަން ހަމީދަކީ އެމްއެންޔޫގެ ވައިސް ޗާންސެލާގެ މަގާމު ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޑރ. ހަސަން ހަމީދު ދެއްކެވި ނަމޫނާއަކީ އާއްމުންނަށް މަގުދެއްކެވުމަށް ބޮޑެތި އިސް މަގާމުތަކުގައި ތިއްބަވާ ކޮންމެ ބޭފުޅަކުވެސް ދައްކަވަން ޖެހޭ ނަމޫނާއެވެ.

ހަޔާތުގައި ހަގީގީ ކާމިޔާބީ އަކީ ރަނގަޅު އިންސާނަކަށް ވެގެން ލިބޭ އެއްޗެއްކަން އަބަދުމެ ދުނިޔެއަށް ބުނެދޭން ޖެހެއެވެ. ޑރ. ހަސަން ހަމީދުގެ އެ ދެއްކެވީ އެފަދަ ނަމޫނާ މިސާލެކެވެ. އެފަދަ އަމަލުތަކުން ވެރިން ނަމޫނާ ލިބިގަންނަން ޖެހެއެވެ.

comment ކޮމެންޓް