މިހާރު ކުރިއަށްދަނީ އިލެކްޓްރިކް ބަސްތައް ކޮމިޝަންކުރުމުގެ މަސައްކަތް: އެމްޓީސީސީ

އެމްޓީސީސީން ގެނައި އީވީ ބަސްތައް -- ފޮޓޯ/ އެމްޓީސީސީ

މިހާރު ކުރިއަށްދަނީ އަލަށް ގެނައި އިލެކްޓްރިކް ބަސްތައް ކޮމިޝަންކުރުމުގެ މަސައްކަތްކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބަސްތައް ޚިދުމަަތަށް ނެރެން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަސްތަައް ބޭނުންކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްކަމަށެވެ.

އެއާއެކު އުންމީދަކީ ވީހާވެސް އަވަހަށް ޚިދުމަތް ފެށުންކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން މާލޭގައި ދުއްވަން ބޭނުންކުރާނެ އީވީ ބަހުގެ ހަ ބަސް ގެނައީ މިދިޔަ ހޯމަ ދުވަހެވެ.

މިއީ ރާއްޖެއިން 2030ވަނަ އަހަރުގެ ނިޔަަލަށް ކަނޑައަޅައިފައިވާ ނެޓް ޒީރޯ އިނީޝިއޭޓިވް ހާސިލްކުރުމުގައި ބައިވެރިވުމުގެ ގޮތުން އެމްޓީސީސީން ޚިދުމަތަށް ނެރޭ ބަސްތަކެކެވެ.

މި ބަސްތަކުގައި ހުންނާނީ 11 ސީޓެވެ. ހަމައެއާއެކު ފުރޮޅުލީ ގޮނޑި ބޭނުންކުރާ މީހުންނަށް ވެސް ޚާއްސަ ޖާގައެއް ހުންނާނެއެވެ. އެއާއެކު އުންމީދަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ވެސް ރަނގަޅުކުުރުންކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް