ދާންދޫ އިސް މެޖިސްޓްރޭޓް ކަމުން ލުއައްޔު ވަކިކުރަން މަޖިލީހަށް ފޮނުވުމުން އިސްތިއުފާ ދެއްވައިފި

ގއ. ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމް: އޭނާ މަގާމުން ވަކިކުރުމުގެ މަސްއްކަތް ފެށުމުން އަމިއްލައަށް ވަނީ އިސްތިއުފާ ދެއްވާފައި ----

ގއ. ދާންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ލުއައްޔު އިބްރާހީމްއާ ގުޅޭ ދެ މައްސަލައެއް ސާބިތުވެ އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނިކޮށް އަމިއްލައަށް އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އިއްޔެ ބުނީ ލުއައްޔުއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ދާންދޫ ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަމާއި ކޯޓުގެ ރަސްމީ ގަޑީގެ އިތުރުން އެހެން ވަގުތުތަކުގައި ވެސް ވިޔަފާރީގައި އަމަލީ ގޮތުން ހަރަކާތްތެރިވެފައިވާ މައްސަލަ ކަމަށެވެ.

އެ މައްސަލައިގައި ހިމެނޭ ހެކީންނަށް ނުފޫޒު ފޯރުވަން އިސް މެޖިސްޓްރޭޓް ލުއައްޔު މަސައްކަތްކުރިކަން ވެސް ވަނީ ސާބިތުވެފައެވެ.

އެހެންކަމުން އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ޖޭއެސްސީން މިއަދު ބުނީ ލުއައްޔު ވަކި ކުރުމަށް މަޖިލީހަށް ފޮނުވާފައިވަނިކޮށް އޭނާ މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށެވެ.

comment ކޮމެންޓް