ބައެއް ކަހަލަ ކާއެއްޗެހިން ޑިޕްރެޝަނަށް މަގުފަހިވޭ

ދިރާސާއިން ދައްކާގޮތުން ޕްރޮސެސް ކޮށްފައި ހުންނަ ކާނާގެ ސަބަބުން ޑިޕްރެޝަނާއި އެންޒައިޓީއަށް މަގު ފަހިވޭ-- ފޮޓޯ: އެކްޕްރެސް. ޔޫކޭ

އާންމުކޮށް ކެއުމަށް ބޭނުންކުރާ ބައެއް އެއްޗެއްސަކީ ޑިޕްރެޝަނާއި އެންޒައިޓީއަށް މަގުފަހިކުރާ އެއްޗެހި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ހިތުގެ ތެޅުން އަވަސްވުމާއި، ނޭވާ ލާން އުނދަގޫ ވުމުގެ އިތުރުން މެޔަށް ބާރުކުރުން އަދި ކަންތައްތަކާ އަބަދު ދެރަވުމަކީ ބައެއް ކަހަލަ ނަފްސާނީ ބަލިތަކުގެ އަލާމާތަށް ވެދާނެއެވެ. ޑިޕްރެޝަނާއި އެންޒައިޓީ އާ ގުޅުންހުރި ބައެއް ކަންތައްތަކުގެ ސަބަބުން މި އިހުސާސްތައް ކުރެވިދާނެއެވެ.

ދާދިފަހުން ޕަބްލިކް ހެލްތު ނިއުޓްރީޝަންގައި އާންމުކޮށްފައިވާ ދިރާސާއެއްގައި ބުނާގޮތުން ބައެއް ކަހަލަ ކާއެއްޗެހީގެ ސަބަބުން ވެސް އިންސާނާއަށް އެފަދަ އިހުސާސްތައް ކުރެވިދާނެއެވެ. އެގޮތުން އާންމުކޮށް ކެއުމަށް ބޭނުންކުރާ ބައެއް އެއްޗެހީގެ ސަބަބުން ޑިޕްރެޝަން އާއި އެންޒައިޓީ އިތުރުވުމަށް މަގުފަހިވާ ކަމަށް އެ ދިރާސާގައި ބުނެއެވެ.

ޕްރޮސެސް ކޮށްފައިވާ ކާނާ

ޕްރޮސެސް ކޮށްފައިވާ ކާނާތައް، އޭގެ ތެރޭގައި އެކި ވައްތަރު މަސްވެސް ހިމެނޭ ކަމަށާއި އެ ބާވަތްތަކަކީ ޑިޕްރެޝަން އާއި އެންޒައިޓީ އަށް އަސަރު ކުރާ އެއްޗެހި ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

ސޮސެޖް: ޕްރޮސެސްކޮށްފައިވާ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ސޮސެޖްފަދަ ބާވަތްތައް ދިވެހި މުޖުތަމައުގައި ބޭނުންކުރާ މިންވަރު އިތުރު--

ޕްރޮސެސްޑް ކާއެއްޗެހީގައި ގިނަ އަދަދަކަށް ނުރައްކާތެރި ޕްރޮޓީންގެ ބާވަތްތައް ހުންނަ ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ. މި ކާއެއްޗެއްސަކީ އެޑްވާންސްޑް ގްލައިކޭޝަން އެންޑް (އޭޖީއީ) ޕްރޮޑަކްޓުތަކެވެ. އެއީ ޕްރޮޓީން ގިނަ އެއްޗެއްސަށް ކިޔާ ނަމެކެވެ.

ބޭނުންވާ ވަރަށް ވުރެ އިތުރަށް ޕްރޮޓީން ބޭނުން ކުރުމަކީ ވެސް ނުރައްކާތެރި ކަމެކެވެ. އެހެންވީމާ އެކަމުގެ ސަބަބުން އެންޒައިޓީ އަދި ޑިޕްރެޝަން ގޯސްވުމުގެ ފުރުސަތު އޮވެއެވެ.

ހަކުރު

ޕްރޮސެސް ކޮށްފައިވާ ހުންނަ ލުއި ކާނާ ބޭނުން ކުރާނަމަ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދަކަށް ހަކުރުގެ ބާވަތްތައް ބޭނުން ކުރެވޭނެއެވެ. ދިރާސާ ދައްކާގޮތުން ގިނައިން ހަކުރު ބޭނުން ކުރުމުގެ ސަބަބުން ނަފްސާނީ ބަލިތަކަށް މަގުފަހިވެއެވެ.

ހަކުރު. މާގިނައިން ހަކުރު ބޭނުންކުރުމަކީ ނުރައްކާތެރި ބަލިތައް ޖެހޭނެ ކަމެއް--

ދިރާސާގައި ބުނާގޮތުން ހަކުރު ބޭނުން ކުރުމުން ބްލަޑް ޝުގާ ދަށްވެ ހޯމޯން ބެލެންސުން ނެއްޓިގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ޑިޕްރެޝަން އާއި އެންޒައިޓީއަށް މަގުފަހިވެއެވެ.

އެހެންކަމުން ނަފްސާނީ ބަލިތަކުން ސަލާމަތް ވުމަށްޓަކައި ސިއްހަތަށް ފައިދާ ހުރި ކެއުންތައް ބޭނުން ކުރުން މުހިންމެވެ.

comment ކޮމެންޓް