ކައިވެނީގެ ހަފުލާއަކީ ވަރަށް ހާއްސަ އިވެންޓެކެވެ. މި ހަފުލާތަކުގެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަ ވާން ޖެހެއެވެ. އޭގެތެރެއިން އެއް ކަމަކީ މާހައުލެވެ. މާހައުލު ސެޓުކުރާ އެއް ކަމަކީ މިއުޒިކެވެ. ކައިވެނީގެ ހަފުލާތަކުގައި ގިނަ ބަޔަކު ޖަހާ ލަވަތަކަކީ ތަފާތު ލަވަތަކެކެވެ. ނަމަވެސް ވަރަށް ގިނަ ފަހަރަށް ހަފުލާތަކުގައި ޖަހާފައި ހުންނަނީ އެއް ލަވަތަކެކެވެ.
ކައިވެނީގެ ހަފުލާތަކުގައި ޖަހާ މިއުޒިކް ތަކަކީ ތަފާތު މޫޑެއްގެ މިއުޒިކެކެވެ. ނަމަވެސް މި މޫޑުގެ މިއުޒިކް ހޯދުމުގެ ތެރޭގައި ގިނަ ފަހަރަށް ގިނަ ކައިވެނީގެ ހަފުލާތަކުގައި ޖެހެނީ އެއް ލަވަތަކެކެވެ. އެހެންވީމާ މި ހަފުލާތަކުގެ ތެރޭގައި އެންމެ ގިނައިން ޖަހައި އުޅެނީ ކޮން ލަވަތަކެއް ހެއްޔެވެ؟
ހިޗްޑް ނަމަކަށް ކިޔާ ހާއްސަ ވެބްސައިޓަކުން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދައްކާގޮތުގައި ކައިވެނީގެ ހަފުލާތަކުގައި މިހާތަނަށް އެންމެ އާންމުކޮށް ގިނައިން ޖަހައި އުޅޭ ލަވައަކީ އެޑް ޝީރަން ކިޔާފައިވާ ލަވަ "ޕާފެކްޓް" އެވެ. މިލަވައިގެ ވެސް އެންމެ ގިނަ ބަޔަކު ބޭނުންކޮށްފައިވަނީ ބިޔޯންސޭ އާއެކު ކިޔާފައިވާ ވާޝަންއެވެ.
ހިޗްޑް އިން ހަދާފައިވާ ދިރާސާއަށް ވަނީ ސްޕޮޓިފައިގެ ޕްލޭލިސްޓްތަކުގެ މައުލޫމާތު ހޯދާފައެވެ. ސްޕޮޓިފައިގެ ކައިވެންޏާ ގުޅޭ 689 ޕްލޭލިސްޓެއްގައި އެ ލަވަ ހިމަނާފައިވާ ކަމަށް ހިޗްޑް އިން ބުނެއެވެ.
ލިސްޓުގެ ދެވަނައިގައި ހިމެނެނީ "ކާންޓް ހެލްޕް ބަޓް ފޯލިން އިން ލަވް"ގެ ތިން ވާޝަނެކެވެ. އެ ތިން ވާޝަނަކީ ތިން އާޓިސްޓުން ކިޔާފައިވާ ވާޝަންއެވެ. އޭގެތެރޭގައި އޮރިޖިނަލް ކިޔާފައިވާ އެލްވިސް ޕްރެސްލީގެ އިތުރުން ކީނާ ގްރެނިސް އަދި ހޭލީ ރެއިންހާޓް ހިމެނެއެވެ. މި ލަވަ ވަނީ ކައިވެނީގެ 313 ޕްލޭލިސްޓުގައި ހިމަނާފައެވެ.
ލިސްޓުގެ ތިންވަނައިގައި ވެސް ހިމެނެނީ އެޑް ޝީރަންއެވެ. މިފަހަރު ހިމެނެނީ އެޑް ޝީރަންގެ ލަވަ "ތިންކިން އައުޓްލައުޑް" އެވެ. މި ލަވަ ވަނީ ކައިވެނީގެ 254 ޕްލޭލިސްޓުގައި ހިމަނާފައެވެ.