އުތީމު ދަނޑުގައި ސަބް ބޭސް އެޅުމަށާއި، މަކުނުދޫގައި ހޭންޑްބޯޅަ ކޯޓެއް އެޅުމަށް ހަވާލުކޮށްފި

ހއ. އުތީމު ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ހއ. އުތީމު ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށާއި، ހދ. މަކުނުދޫގައި ހޭންޑްބޯޅަ ކޯޓެއް އުޅުމަށް ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހއ އުތީމު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމަށް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޠޫބާ ރަޝީދެވެ. އަދި އާރްކޭއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރެވެ.

އެ މަސައްކަތަކީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްތެކެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.3 މިލިއަން ރުފިޔާގެ އަގަކަށެވެ.

މަކުނުދޫގައި ހޭންޑު ބޯޅަ ކޯޓެއް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަކުނުދޫގައި ހޭންޑު ބޯޅަ ކޯޓެއް އެޅުމަށް ވެސް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ ސިލްވަ މެރިން ޕްރައިވެޓް ލިމިޓެޑަށެވެ.

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޠޫބާ ރަޝީދެވެ. ސިލްވާ މެރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ފައްތާހު މުހައްމަދެވެ.

އެ މަޝްރޫއަކީ 48 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި އެ މަޝްރުއުގެ އަގަކީ 1.5 މިލިއަން ރުފިޔާއެވެ.

comment ކޮމެންޓް