އަހްމަދިއްޔާ ސްކޫލުގެ މިދިޔަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ނާއިޝް

މިދިޔަ އަހަރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ކިޔެވި ދަރިވަރުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަކަށް އާދަމް ނާއިޝް ނަސީމް ހޮވިއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި އެ ސްކޫލްގެ ސާނަވީ ދަރިވަރުންގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

މި ރަސްމިއްޔާތުގައި ވަނީ މިދިޔަ އަހަރު އަހްމަދިއްޔާ ސްކޫލުން މަތީ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދީފައެވެ. އެގޮތުން މިދިޔަ އަހަރު އެސްއެސްސީ އަދި ކެމްބްރިޖް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންނަށާއި ނެޝަނަލް ޓޮޕް 10ގައި ހިމެނުނު ދަރިވަރުންގެ އިތުރުން ދުނިޔޭގެ ފެންވަރުގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ވަނީ އިނާމުދީފައެވެ.

މިދިޔަ އަހަރު އަހްމަދިއްޔާ ސްކޫލުން އެސްއެސްސީ އަދި ކެމްބްރިޖް އިމްތިހާމުން އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރި ދަރިވަރުންގެ ތެރޭގައި، ރާއްޖޭގެ ޓޮޕް ޓެންގެ ތެރޭގައި ހިމެނި އެއްވަނަ ހޯދި ހަތަރު ދަރިވަރުން ހިމެނެއެވެ. އެއީ، އާދަމް ނާއިޝް ނަސީމް، ލަޔާން މުހައްމަދު ރަޝީދު، ނަބީހާ ޔައުގޫބް އަދި ރަޒާން އިބްރާހީމް ރަޝީދެވެ.

މީގެ އިތުރުން، ޓްރެވަލް އެންޑް ޓުއަރިޒަމް، ވޯލްޑް ޓޮޕް ޓެން ގެ ދިހަ ވަނަ ހާސިލް ކޮށްފައި ވަނީ އައްބާދު އަހްމަދެވެ. އަދި ޓޮޕް އިން މޯލްޑިވްސް އިން ބިޒްނަސް ސްޓަޑީސް ހާސިލް ކޮށްފައި ވަނީ އާދަމް ނާއިޝް ނަސީމެވެ. މިދިޔަ އަހަރު އަހްމަދިއްޔާ ސްކޫލުގެ ބެސްޓް ސްޓޫޑަންޓް އިން ސްޓްޑީސް ސެކަންޑްރީ ހާސިލް ކޮށްފައި ވަނީ އަންޖަލް މުހައްމަދު އަގީލެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަހްމަދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ވިދާޅުވީ، ކިޔެވުމަކީ ހަޔާތުގެ މުހިންމު ބައެއް ކަމުގައި ދެކި، ކިޔެވުމުގައި ކުރިއަށް ދިއުމަށް ދަރިވަރުންނަށް ނަސޭހަތްތެރި ވާކަމަށެވެ.

ރާއްޖެއަކީ ތައުލީމީ، ހުނަރުވެރި އަދި ގާބިލް ޖީލަކަށް ފެންބޮވައިގަނެފައިވާ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ މިއަދު މި އޮތް ހަރުފަތުން މަތީ ހަރުފަތްތަކަށް ގެންގޮސްދޭން ތިބި ދަރިވަރުންނަކީ މިއަދު މި ގައުމުގެ ޒުވާން ޖީލުކަމަށް ވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

"އެހެންކަމުން ތިޔަ ކުދިން ތަފާތު ރޮނގު ތަކުން މަތީ ތައުލީމު ހާސިލްކޮށް ގައުމަށް ޚިދުމަތްކުރުމުގައި ދެމި ތިބޭ ކުދިބަޔަކަށް ވާން ޕްރިންސިޕަލް މިރޭ ތިކުދިންނަށް އިލްތިމާސް ކުރަން،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުހައްމަދު ރަޝީދު ވިދާޅުވީ އަހްމަދިއްޔާ ސްކޫލަކީ މާދަމާގެ މުސްތަގުބަލަށް ދަރިވަރުން ބިނާކުރުމުގައި ހިކުމަތާއި ވިސްނުމާއި ތަސައްވުރެއްގެ މައްޗަށް ބިނާކޮށް ދަތުރުކުރާ ސްކޫލެއް ކަމަށެވެ.

comment ކޮމެންޓް