މަގުމަތިން ހޮވި 10،000އަށްވުރެ ގިނަ ރުފިޔާ ފުލުހުން ވެރިފަރާތާ ހަވާލުކޮށްފި

ޝަހީދު ހުސެން އާދަމް ބިލްޑިންގް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގެއް މަތިން ހޮވައިގެން ފުލުހުންނާ މީހަކު ހަވާލުކުރި 10،000އަށްވުރެ ގިނަ ރުފިޔާގެ ވެރިފަރާތް ހޯދުމަށްފަހު، އެ ފައިސާ އޭނާއާ ހަވާލުކޮށްފިކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުން އިއްޔެ ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ 12:04 އެހާކަންހާއިރު ބޮޑުތަކުރުފާނު މަގު، އެއް ނަމްބަރު ފާލަން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް 10،000 އަށްވުރެ ގިނަ ރުފިޔާ އަޅާފައިވާ ހުދު ކުލައިގެ ސިޓީއުރައެއް ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ފައިސާގެ ވެރިފަރާތް ހޯދަން އެހާތަނަށް ފުލުހުން ކުރި މަސައްކަތުން ވެރިފަރާތް ހޯދިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ފައިސާތަކުގެ ވެރިފަރާތުން، ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ފައިސާތަކާ ހަވާލުވުމަށް ފުލުހުން އެދުނެވެ.

އެ ފައިސާގެ ވެރިފަރާތް ހޯދި ގޮތުގެ އިތުރު ތަފުސީލެއް މިއަދު ފުލުހުން ހާމަނުކުރެއެވެ.

comment ކޮމެންޓް