އޮސްޓްރިއަން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި

އޮސްޓްރިއަން އެއާލައިންސްގެ ފްލައިޓެއް ---

އޮސްޓްރިއަން އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.

މިދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ އޮސްޓުރިއާގެ ވިއެނާ އިންޓަނޭޝަނަލް އެއަޕޯޓުން ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

އޮސްޓްރިއަން އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ބާއްވާނެއެވެ.

ރާއްޖެއަށް ބާއްވާ މި ދަތުރުތަކުގައި އޮސްޓުރިއަން އެއާލައިނުން ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ ބޮއިން 200-777 މަރުކާގެ މަތިންދާ ބޯޓެވެ.

މިދިޔަ އަހަރު އޮސްޓްރިއަން އެއާލައިން ވަނީ ފިނިމޫސުމާ ދިމާކޮށް ސީދާ ދަތުރުތައް ރާއްޖެއަށް ބާއްވާފައެވެ.

އެ އެއާލައިނުން މިއަދު ފެށި ސީދާ ދަތުރުތައް ވެސް ފަށާފައި މިވަނީ ފިނި މޫސުމާ ދިމާކޮށެވެ.

comment ކޮމެންޓް