ހައިޑްރޯޖަން އިން ދުއްވާ ދުނިޔޭގެ ފުރަތަމަ ޓްރަކް، މައިނިން އިންޑަސްޓްރީއަށް ޚާއްޞަ

މައިނިން ކުންފުނި އެންގްލޯ އެމެރިކަން އިން ކޮމިޝަންކޮށްފައިވާ އަދި ފަސްޓް މޯޑުން އުފެއްދި މި ހައިޑްރޯޖަން އިން ދުއްވާ ހޯލިން ޓްރަކަކީ ދުނިޔޭގެ ފުރަތަމަ ޓްރަކް

ތިން ބުރިއަށް އުސް އަދި ބަރުދަނުގައި 500 މެޓްރިކް ޓަނު ފުލް ލޯޑްކޮށްފައި ހުންނަ އިރު، ޓިޕިކަލް މައިނިން ހޯލް ޓްރަކަކީ ދުނިޔޭގެ މިފަދަ އެންމެ ބޮޑު އެއް އުޅަނދެވެ.

މި އުޅަދަނީ މައިނިން އިންޑަސްޓްރީއަށް ޚާއްޞަކޮށްގެން އެމެރިކާގެ ސާފު ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ފަސްޓް މޯޑް އިން ފަރުމާ ކޮށްފައިވާ އުޅަނދެކެވެ. މައިނިން އިންޑަސްޓްރީއަކީ އަގުބޮޑު މިނަރަލްތަކާއި އެހެނިހެން ޖިއޮލޮޖިކަލް މާއްދާތައް ނެގުމުގެ މަސައްކަތުގައި ޝާމިލުވާ އިންޑަސްޓްރީއެކެވެ.

އަދި މިއިންޑަސްޓްރީއަކީ ޕޮލިއުޝަން-ހެވީ ސެކްޓާއެއްގައި ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ބޮޑު ހިއްސާއެއް އަދާކުރާ ތިމާވެއްޓަށް ވަރަސްބޮޑަށް ގެއްލުންލިބޭ ސިނާޢަތެކެވެ. ކޮންސަލްޓިން ފާމް މެކްކެންޒީ އިން ހާމަކުރާ ގޮތުގައި ދުނިޔޭގެ ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ހަފް ޕަސެންޓާ ހަމައަށް އަހަރަކު މައިނިން އިންޑަސްޓްރީ ޙިއްޞާކުރެއެވެ. ސިއޭޓަލްގައި ހިންގާ ސާފު ހަކަތަ އުފައްދާ ކުންފުންޏެއް ކަމަށްވާ ފަސްޓް މޯޑްގެ ޕްރިންސިޕަލް ސިސްޓަމްސް އިންޖިނިއާޑޭވިޑް ގެހާޑްޓް ވިދާޅުވާ ގޮތުގައި މީގެ ތެރެއިން 50 ޕަސެންޓަކީ އެކި ސައިޓްތަކުގެ މެދުގައި ބަރު ހިލައުފުލުމަށް ބޭނުންކުރާ ހައުލޭޖް ޓްރަކްތަކުން ދޫކުރާ ވިހަ ގޭހެވެ.

އެހެންވެ ފަސްޓް މޯޑް އިން ދަނީ ޓްރަކްގެ ޑީސަލް އިންޖީން ގެ ބަދަލުގައި ޒީރޯ އެމިޝަން ސޮލިއުޝަނެއް ފަރުމާ ކުރަމުންނެވެ. އެކަން ކުރުމަށް ބަލަނީ ދުނިޔޭގައި ވާ އެންމެ ގިނަ ގުދުރަތީ ވަސީލަތްތައް ކަމަށްވާ ހައިޑްރޯޖަންގެ ހަކަތައަށެވެ.

ދެކުނު އެފްރިކާގެ މައިންގައި ކޮންސެޕްޓްގެ ފުރަތަމަ ޕްރޫފް މަސައްކަތް ކުރަމުންދާއިރު، ފަސްޓް މޯޑުން ބުނީ ކުރިއަށް އޮތް ޓްރަކްތަކުގެ ޑިޒައިން ރަނގަޅު ކުރުމަށް ރިއަލް ޓައިމް ޑޭޓާ ބޭނުންކުރާނެ ކަމަށް

ދެހާސް ނަވާރަ ވަނަ އަހަރު މި މަސައްކަތް ފެށުމަށްފަހު އެކުންފުނިން ބުނެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު މޯބައިލް ހައިޑްރޯޖަން ޕަވަރ ޕްލާންޓް އުފައްދާފައިވާ ކަމަށާއި މިއީ ބެޓެރީ ޕަވަރ އާއި ހައިޑްރޯޖަން ފިއުލް ސެލްތައް އިންޓަގްރޭޓް (އެއްކޮށްގެން) އުފައްދާ ހައިބްރިޑް އެއް ކަމަށެވެ.

މި ސައިޒުގެ އުޅަނދަކަށް ކަރަންޓް ދިނުމަށްޓަކައި އިންޖީނުގެއިން ކޮންމެ ސިކުންތަކު ދެ މެގަވޮޓްގެ ކަރަންޓް އުފައްދަން ޖެހޭއިރު، އެއީ އެމެރިކާގެ 1،500 ގެއަށް ކަރަންޓް ދިނުމަށް ފުދޭވަރުގެ ހަކަތައެކެވެ.

މައިނިން މޫވްސް

އިންޖިނިއަރޑޭވިޑް ގެހާރޑްޓް ބުނަނީ ކުންފުނީގެ އަމާޒަށް ވާސިލްވުމަށް އެމީހުން ކުރަން ޖެހުނީ މީގެ ކުރިން ދުވަހަކުވެސް ނުކުރާ ކަމެއް ކަމަށެވެ. "އަޅުގަނޑުމެން ހޯދަން އުޅުނު ފިއުލް ސެލްތަކުގެ ސްކޭލް ބާޒާރުގައި ނެތް،" އޭނާ ފާހަގަ ކުރެއްވި އެވެ.

އެހެންކަމުން އެވެހިކަލަށް ބޭނުންވާ ކަރަންޓް އުފެއްދުމަށްޓަކައި ފަސްޓް މޯޑް ކުންފުނިންވަނީ 25 މެޓްރިކް ޓަނުގެ ބަރުދަނުގައި ހުންނަ ހައިބްރިޑް ޕަވާ ޕްލާންޓެއް އުފެއްދުމަށް ގިނަ ކުދި ފިއުލް މޮޑިއުލްތަކެއް އެއްކޮށްފައެވެ.

ދެކުނު އެފްރިކާގެ މައިންގައި ކޮންސެޕްޓްގެ ފުރަތަމަ ޕްރޫފް މަސައްކަތް ކުރަމުންދާއިރު، ފަސްޓް މޯޑުން ބުނީ ކުރިއަށް އޮތް ޓްރަކްތަކުގެ ޑިޒައިން ރަނގަޅު ކުރުމަށް ރިއަލް ޓައިމް ޑޭޓާ ބޭނުންކުރާނެ ކަމަށެވެ.

ގެހާރޑްޓް މި ޕަވަރ ޕްލާންޓް ސިފަކުރަނީ 5 އެލިފަންޓް (އެތް)ގެ ބަރުދަން ހުރި 100 އެލިފަންޓްގެ ބަރުދަން އުފުލުމުގެ ޤާބިލުކަން ލިބިފައިވާ ޕަވަރ ޕްލާންޓެއްގެ ގޮތުގައެވެ. "ގަޑިއަކު 15 ކިލޯމީޓަރު ބާރުމިނުގައި 100 އެލިފަންޓް ފަރުބަދަ މައްޗަށް ގެންދިޔުމަށް ނަގާ ބާރު ތިބާއަށް ތަސައްވުރު ކުރެވިދާނެ،" އޭނާ އިތުރަށް ވިދާޅުވި އެވެ.

މި މަސައްކަތް ފެށިތާ ތިން އަހަރު ފަހުން މިދިޔަ މެއި މަހު ހައިޑްރޯޖަން ހަކަތައިން އުފައްދާ ހޯލް ޓްރަކް ރަސްމީ ގޮތުން ފުރަތަމަ ފަހަރަށް ޢާޢްމުކުރީ އެންގްލޯ އެމެރިކަން ގެ މިލްކިއްޔާތުގައި ވާ ދެކުނު އެފްރިކާގެ މޮގަލަކްވެނާ މައިންގައެވެ.

ފަސްޓް މޯޑްގެ ޕަވަރ ޕްލާންޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ މައިނިންގ މަލްޓިނޭޝަނަލް ކުންފުނިން ލަފާކުރާ ގޮތުގައި އެކުންފުނީގެ ފްލީޓްގައި އެވްރެޖްކޮށް މައިނިންގ ހޯލް ޓްރަކެއް އަހަރެއްގެ މައްޗަށް 900،000 ލީޓަރުގެ ޑީސަލް ފިއުލް ބޭނުންވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު