ޑްރަގް ކޯޓު ފަޅާލައި ވައްކަން ކޮށްފި

ޑްރަގް ކޯޓު -- ފޮޓޯ/ ރައީސް އޮފީސް

ޑްރަގް ކޯޓު މިއަދު ފަޅާލައި، އެތަނުން ވައްކަން ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ "ސަން"އަށް ވިދާޅުވީ ޑްރަގް ކޯޓުން ވައްކަންކޮށްފައިވާ ކަމުގެ ރިޕޯޓު މިއަދު މެންދުރުފަހު 03:57ގައި ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ވަގަށް ނަގާފައިވާ ތަކެތީގެ މައުލޫމާތެއް ފުލުހުން ހާމައެއްނުކުރެއެވެ.

"މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

މިކަމާ ގުޅިގެން ޑްރަގް ކޯޓުގެ މީީޑިއާ އޮފިޝަލް މަރިޔަމް މިޝަލް "ސަން"އަށް ވިދާޅުވީ ހާދިސާ ހިނގީ ރޭ ދަންވަރު 01:15ގައި ކަމަށެވެ.

އެ ވައްކަމަކީ މިވަގުތު ފުލުހުން ތަހުގީގު ކުރާ މައްސަލައަކަށް ވުމުން އެކަމާ ބެހޭ އިތުރު މައުލޫމާތެއް ހިއްސާކުރެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް