ޝެއިހް ނިޝާންއާއި ފަޒްލޫން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި

އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމާއި އައްޝައިހް ފަޒްލޫން މުހައްމަދު

ޖޫން މަހުގެ 21ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝެއިހު ފަޒްލޫން މުހައްމަދާއި އާދަމް ނިޝާން ހިމެނޭ ގޮތަށް ގިނަ ބައެއްގެ މައްޗަށް ދައުލަތުން ޓެރެރިޒަމްގެ ދައުވާ ކޮށްފިއެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދައުލަތުން މުޅި ޖުމުލަ 18 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

އޭގެތެރެއިން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށް ނަމަވެސް މިހާރު ދޫކޮށްލައިފައިވާ ދެ ޝައިހުންނަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ދައުވާއެވެ.

ހަމައެއާއެކު ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނޭ ގޮތަށް އިތުރު ހަ މީހަކަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ ކޮށްފައެވެ.

ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާލިބޭ މީހުންގެ ތެރޭގައި ހިމެނެނީ:

  • ހއ. ހޯރަފުށީ، ޔާގޫތުގެ، މުހައްމަދު އިސްމާއިލް
  • ގ. ފީނިކްސް، އަބްދުﷲ ނިޔާޒް
  • ތ. ތިމަރަފުށީ އަލީއާބާދު، އަލީ މުހައްމަދު
  • ނ. ވެލިދޫ މިލާނޯ، އިބްރާހިމް ޒިހާން
  • ލ. މުންޑޫ އަންނާރުމާގޭ، މުހައްމަދު ޝާން
  • ހދ. ކުޅުދުއްފުށީ ބާބޫގޭ ހުސައިން އަލީ
  • މ. ފަޅުމަތީގޭ އަހުމަދު އަލީ.

ޔޯގާ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މއ. ކަނުހުރާ، މުހައްމަދު ޒިލިއަން
  • ތ. ތިމަރަފުށީ ނަރުގިސްވިލާ، އަބްދުﷲ ރިފާއު
  • ނ. މިލަދޫ ކާނޭޝަންމާގޭ އަބޫބަކުރު ފާރިއު
  • ރ. ކަނދޮޅުދޫ އަލަމާގޭ އަހުމަދު އަކްސަމް
  • ގއ. މާމެންދޫ އަސްރަފީވިލާ އަހުމަދު ނަސޫހް
  • މ. ކުދެހިގޭ ހަސަން ޝިފާޒް
  • ފ. ދަރަނބޫދޫ އާބާދީގުލްޝަން ޝަބިމް އާދަމް

މީގެ އިތުރުން ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅުމުގެ އިތުރު ދައުވާއެއް 15 މީހެއްގެ މައްޗަށް ކުރާއިރު، ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާއެއް ތިން މީހެއްގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާއެެއް އެކެއްގެ މައްޗަށް ވަނީ ކޮށްފައެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އުފުލާފައިވަނީ ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމްގެ މައްޗަށެވެ.

ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ދައުވާ އުފުލާފައިވާ ތިން މީހުންނަކީ:

- ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު
- ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
- މ. ކުދެހިގެ، ޙަސަން ޝިފާޒު

ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅުމުގެ ދައުވާ އުފުލާފައިވާ މީހުންނަކީ:

1 .ގ. އުފުރިޔާ، މުޙައްމަދު ފައިޞަލް
2 .މ. އޯކިޑްހައުސް، މުޙައްމަދު ފައިޞަލް
3 .މއ. ކަނުހުރާ، މުޙައްމަދު ޛިލިއަން
4 .ތ. ތިމަރަފުށި، ނަރުގިސްވިލާ، ޢަބްދުالله ރިފާޢު
5 .ނ. މިލަދޫ، ކާރނޭޝަންމާގެ، އަބޫބަކުރު ފާރިޢު
6 .ރ. ކަނދޮޅުދޫ، އަލަމާގެ، އަޙްމަދު އަކްސަމް
7 .ގއ. މާމެންދޫ، އަސްރަފީވިލާ، އަޙްމަދު ނަޞޫޙް
8 .މ. ކުދެހިގެ، ޙަސަން ޝިފާޒު
9 .ފ. ދަނބުރުދޫ، އާބާދީގުލްޝަން، ޝަބިމް އާދަމް
10 .ގ. ފީނިކްސް، ޢަބްދުالله ނިޔާޒު
11 .ތ. ތިމަރަފުށި، ޢަލީއާބާދު، ޢަލީ މުޙައްމަދު
12 .ނ. ވެލިދޫ، މިލާނޯ، އިބްރާހީމް ޒިހާނު
13 .ލ. މުންޑޫ، އަންނާރުމާގެ، މުޙައްމަދު ޝާން
14 .ހދ. ކުޅުދުއްފުށި، ބާބޫގެ، ޙުސައިން ޢަލީ
15 .މ. ފަޅުމަތީގެ، އަޙްމަދު ޢަލީ

ޔޯގާ ހަމަނުޖެހުންތަކާ ގުޅިގެން 18 މީހެއްގެ މައްޗަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާއިރު އެދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރި އެންމެންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

comment ކޮމެންޓް