އެންމެ ގިނައިން ސައި ބޮނީ ކޮން ގައުމަކުން؟

ކަޅުސައި އެންމެ ގިނައިން މިހާރު ބޮނީ ތުރުކީ މީހުން، މިއީ ތުރުކީގައި ސައިފަތް ހެއްދޭތީ —- ފޮޓޯ/ ސީއެންއެން

ކަޅު ސަޔަކީ ދިވެހީންގެ ތެރޭގައި ވަރަށް ކަމުދާ އެއްޗެކެވެ. ހެދުނުގެ ނާސްތާ އާއި ހަވީރު ހެދިކާ ކެއުމަށް ވެސް އެންމެ ގިނަ ބައެއްގެ މަގުބޫލު ބުއިމަކީ ކަޅު ސައެވެ. ނަމަވެސް އެންމެ ގިނައިން ކަޅުސައި ބޯ މީހުން އުޅޭ ގައުމުތަކުގެ ލިސްޓުގައި ދިވެހިންނެއް ނުހިމެނެއެވެ. އެހެންވީމާ އެ ލިސްޓުގައި ހިމެނެނީ ކޮން ގައުމުތަކެއް ހެއްޔެވެ؟

މީގެކުރިން އެންމެ ގިނައިން ކަޅު ސައި ބޮއެ އުޅޭ ކަމަށް ހާމަވެފައިވަނީ ޗައިނާ އާއި އިނގިރޭސިވިލާތުންނެވެ. ނަމަވެސް އެހެން ގައުމުތަކުން ކަޅު ސަޔަށް އޮންނަ ސަމާލުކަން ވަނީ މި ފާއިތުވި ތިން އަހަރެއްގެ ތެރޭގައި އިތުރުވެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު އެންމެ ގިނައިން މީހުން ކަޅު ސައި ބޮއެ އުޅެނީ ތުރުކީގައެވެ. މިގޮތަށް ކަންތައް ވެފައިވަނީ ތުރުކީގެ އަވަށެއްގައި ސައިފަތް ހައްދަން ފެށުމުނެނެވެ.

ކަޅުސައި އެންމެ ގިނައިން މިހާރު ބޮނީ ތުރުކީ މީހުން، މިއީ ތުރުކީގައި ސައިފަތް ހެއްދޭތީ —- ފޮޓޯ/ ސީއެންއެން

އާންމުކޮށް ކަޅުސައި ހެދެނީ އީކުއޭޓާ އާ ގާތް، ޓްރޮޕިކަލް މޫސުން ހުންނަ ސަރަހައްދުގައެވެ. ނަމަވެސް ތުރުކީގެ ހުޅަނގު އުތުރު ސަރަހައްދެއް ކަމަށްވާ ހަރަމްޓީޕްގެ މޫސުން ހުންނަނީ ޓްރޮޕިކަލް ކޮށެވެ. ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދަށް އާންމުކޮށް އަވި ލިބުމާއެކު ގަވާއިދުން ވިއްސާރަވެ ވައިގައި ތެތްކަން ހުރެއެވެ. މިއީ ތުރުކީގައި ކަޅު ސައި އުފެއްދުމަށް މެދުވެރިވި ސަބަބެވެ. ނަތީޖާއެއްގެ ގޮތުން ކަޅު ސައި ބޯ މީހުން ވެސް ތުރުކީގައި ވަނީ އިތުރު ވެފައެވެ.

އެމެރިކާގެ ސައިންސުވެރިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ތުރުކީގައި 50 މިލިއަނެއްހާ މީހުން ދުވާލެއްގެ މައްޗަށް ހަތަރު ތަށި ކަޅުސައި ބޮއެ އުޅެއެވެ. މިއީ މިހާރު އެންމެ ގިނަ ބަޔަކު ކަޅުސައި އެއް ގައުމަކުން ބޯ މިންވަރެވެ.

comment ކޮމެންޓް