ނިއުޒިލެންޑުގެ ގެއަކުން އާދަޔާހިލާފު ބޮޑު ކިލާފަންޏެއް ފެނިއްޖެ

ނުވަ އަހަރުގެ ކުޑަކުއްޖަކަށް އެކުއްޖާގެ ގޭގެ ގޯތިތެރެއިން އާދަޔާހިލާފު ބޮޑު ކިލާފަންޏެއް ފެނިއްޖެއެވެ.

ނިއުޒިލަންޑުގެ ކްރައިސްޓްޗާޗްގައި ދިރިއުޅޭ ބާނަބީ ޑޮމިގަންއާއި އޭނާގެ މަންމަ ބުނި ގޮތުގައި އެ ކިލާފަންޏަކީ މީޓަރެއްހާ ދިގު ފަންޏެކެވެ. މަންމައަށް ކިލާފަނި އެހާ ކަމުނުދިޔަސް ބާނަބީ ހުރީ އެ ފަނި ފެނުމާއެކު އުފަލުން ކަމަށްވެއެވެ. ތަފާތު ޖަނަވާރާ ބެހޭ ގޮތުން މައުލޫމާތު ހޯދަން ބޭނުންވާ ބާނަބީ އެ ފަނި ސިފަކުރީ ފިނި މަޑު އެއްޗެއްގެ ގޮތުގައެވެ.

އެ ފަނި ފެނުމާއެކު ފަންޏަށް ވަނީ ބާނަބީ ނަމެއްވެސް ދީފައެވެ. ރޭޑިއޯ ނިއުޒިލަންޑުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ހޯދުމަށް ދިން ނަމަކީ 'ޑެޑް ފްރެޑް' އެވެ.

ބާނަބީ ބުނިގޮތުގައި އޭނާ ބޭނުންވީ އެ ފަނި ޕްލާސްޓިކް ކޮތަޅެއްގައި ބާއްވާށެވެ.

"ޕްލާސްޓިކް ބޭގަކަށް ލާފައި ބާއްވަން އެއްބަސް ނުވީ ބައްޕަ. ބޮޑެތި މީހުންނަށް ކަމު ނުދަނީ ކަންނޭނގެ ބޮޑެތި ފަނި އެހެން ގޭގައި ގެންގުޅެން. އަހަރެން މިއީ ބޮޑު މީހެއް ނަމަ އެއްބަސް ވާނަން" ބާނަބީ ރޭޑިއޯ ނިއުޒިލޭންޑަށް ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭ އެކްސްޕާޓެއް ބުނި ގޮތުގައި މިއީ ކިލާފަނީގެ ބާވަތެކެވެ. އެހެންނަމަވެސް، ސީދާ ކޮން ބާވަތެއްކަން ދެނެގަނެވޭނީ ވަކިން ތަހުލީލު ކުރުމަށްފަހުއެވެ.

comment ކޮމެންޓް