މަންތާ އެއާ އިން ހޯރަފުއްޓަށް ޗާޓާ ދަތުރުތަކެއް ފަށައިިފި

ހޯރަފުއްޓަށް ކުރާ ދަތުރުތަކަށް ބޭނުންކުރާ ބީޗް އެއާކްރާފްޓް --

މަންތާ އެއާއިން މަނަފަރު ރިސޯޓާއެކު މިއަދު ހެދި އެއްބަސްވުމެއްގެ ދަށުން ހއ. ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތަކެއް ފަށައިފިއެވެ.

އެ އެއްބަސްވުމުގެ ދަށުން މަންތާ އެއާއިން ދުވާލަކު ދެ ދަތުރު ހޯރަފުއްށީ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާނެއެވެ.

ދަތުރުތައް ފެށުމުގެ ގޮތުން ހޯރަފުއްޓަށް މަންތާ އެއާއިން ފުރަތަމަ ދަތުރުކުރި ބައިވެރިންނަށް އެ ރަށުގެ އެއާޕޯޓުން ވަނީ ސަގާފީ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފައެވެ.

އެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ މަންތާގެ ފްލީޓަށް މިދިޔަ މަހު ތައާރަފްކުރި ބީޗް ކްރާފްޓްގައެވެ. 18 ސީޓުގެ އެ ބީޗް ކްރާފްޓަކީ އެމެރިކާގެ ބީޗް އެއާކްރާފްޓް ކޯޕަރޭޝަނުން އުފައްދާފައިވާ ބީޗް ކްރާފްޓް 1900d މަރުކާގެ ބޯޓެކެވެ.

ޑެއިލީ ޗާޓާ ތަކުގެ އިތުރުން ހޯރަފުށީ އެއާޕޯޓުގެ ޕްރައިވެޓް ޗާޓާތަކަށް ވެސް އެ ބީޗް ކްރާފްޓް ބޭނުންކުރަން ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް