އެޑްވަޓޯރިއަލް: ކަނޑުދަތުރުފަތުރު ކުރުމުގައި ފަރުވާތެރިވުން މުހިންމު ކަންކަން

ކަނޑުމަތީގެ ދަތުރުފަތުރު ---

މިއީ ހުޅަނގު މޫސުމުގެ ދުވަސްވަރެވެ. ރާއްޖެއަށް އާންމުކޮށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުގަދަވާ ދުވަސްވަރެކެވެ. އެހެން ނަމަވެސް މޫސުމަކީ ޔަގީންކަމެއް ނެތް އެއްޗެއް ފަދައެވެ. ރޭ ބޯވިއްސާރަ ލައިގެންފި ނަމަ މިއަދު އުޑުމަތި އޮންނަނީ ވިލާކޮޅެއް ވެސް ނެތި ގަދަ ނޫ ކުލައިގައެވެ. އެހެން ނަމަވެސް ކަނޑުދަތުރުފަތުރު ވެސް ހިނގަން ޖެހޭނެތާއެވެ. އަހަރެމެންނާއި އެކިއެކި މުދާ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރަން އެބަ ޖެހެއެވެ.

އެހެންކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުކަން ދޭންޖެހޭ އެތައް ކަމެއް ހުރެއެވެ.

މިސާލަކަށް ދަތުރަށް ނައްޓާލުމުގެ ކުރިން އޮޑީގައި ނުވަތަ ލޯންޗުގެ އިކުއިޕްމަންޓް ހުރީ ހަމައަށް އަދި ރަނގަޅަށް މަސައްކަތްކުރާ ހާލަތުގައި ތޯ ޔަގީންކޮށްލަން ވާނެއެވެ. ދަތުރަށް ފުރުމުގެ ކުރިން ދުވަހުގެ މޫސުން ހުރި ނެތްގޮތް ބަލައިލުން ރަނގަޅެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އެކަމަށް ހާއްސަ މޯބައިލް އެޕެއް ވެސް ނެރެފައި ވެއެވެ.

އޭގެ އިތުރުން ރައްކާތެރިކަމުގެ އިކުއިޕްމަންޓް އެންމެންނަށް ވާ ވަރަށް ހަމައަށް ހުރިތޯ ބެލުން ވަރަށް މުހިންމެވެ. ކަނޑުދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގަވައިދު މިހާރު އޮންނަ ގޮތުން މޫސުމީ ސަމާލު ނެރެފައި އޮންނަ ހާލަތުގައި ވަކި ސައިޒުތަކެއްގެ އުޅަނދުތަކުގައި ލައިފްޖެކެޓު އެޅުމަކީ ލާޒިމު ކަމެކެވެ. އެހެންކަމުން ދަތުރުގެ އެންމެހާ ބައިވެރީންނަށް ލައިފްޖެކެޓު ހަމައަށް ހުރިތޯ ބަލަން ވާނެއެވެ.

މީގެ އިތުރުން އުޅަނދު އޮތީ އިންޝުއާކޮށްފައިކަން ޔަގީންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވީ ހިނދު، މިއީ ފަހަށް ފައިދާކުރާނެ ބުއްދިވެރި ނިންމުމެކެވެ. މިފަދަ ބޭނުންތަކަށް ފުދޭނެ އެންމެ ފުރިހަމަ އިންޝުއަރަންސް ޕްލޭންސް ރާއްޖޭގައި ފޯރުކޮށްދެނީ އެލައިޑް އިންޝުއަރަންސުންނެވެ.

އެލައިޑްގެ މެރިން ހަލް އިންޝުއަރަންސްގެ ޓޯޓަލް ލޮސް ކަވަރޭޖު ޕްލޭނަކީ ކަނޑުމަތީގައި އުޅަނދަށް ދިމާވާ ހާދިސާއަކުން މުޅި އޮޑި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެއްޖެނަމަ، އެ ގެއްލުމުން ސަލާމަތްވުމަށް ބަދަލު ލިބޭ ޕްލޭނެކެވެ.

މެރިން ހަލް އިންޝުއަރަންސްގެ ދަށުން ދެވަނައަށް އޮންނަނީ ފުލް ކަވަރ ޕްލޭނެވެ. ޕްލޭނުގެ ދަށުން ޓޯޓަލް ލޮސް ކަވަރޭޖުގައި ހިމެނޭ ކަންކަމުގެ އިތުރުން ކަނޑުމަތީގައި ހިނގާފާނެ އެހެނިހެން ތަފާތު ހާދިސާތަކުން ޕާޝަލް ޑެމޭޖްގެ ގޮތުގައި ލިބިދާނެ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާ، މުދަލެއް ކަނޑަށް ދޫކޮށްލަން ޖެހުން، ކަނޑުފޭރުމުގެ ހާދިސާއެއް ހިނގުން، އުޅަނދު ދުއްވާ މީހާ ނުވަތަ ފަޅުވެރިއެއްގެ އިހުމާލުން ވާ ކަންކަން އަދި އިތުރު ގިނަ ކަންތައްތަކެއް ހިމެނެއެވެ.

މީގެ އިތުރުން ފަސިންޖަރުން އުފުލާ އޮޑި ނުވަތަ ލޯންޗުގައި ދަތުރުކުރާ ވަގުތު ފަސިންޖަރުންގެ ގޮތުގައި ތިބޭ މީހުންނަށް ލިބޭ ގެއްލުންތަކަށް ޒިންމާވެ އެ ގެއްލުންތަކަށް ބަދަލު ލިބޭ ކަވަރޭޖެއް އެކްސްޓެންޝަނެއްގެ ގޮތުން ޕްލޭނަށް އިތުރުކުރެވެއެވެ. ޕެސެންޖަރ ލަޔަބިލިޓީގެ ދަށުން ފަސިންޖަރަށް ލިބޭ ޖިސްމާނީ އަނިޔާ އާއި ފަސިންޖަރުންގެ މުދަލަށް ލިބޭ ގެއްލުން ނުވަތަ ފަސިންޖަރަކު މަރުވުމުން އުފުލަންޖެހޭ ބުރައިގެ ބަދަލު ލިބޭނެއެވެ.

ކަނޑަކީ ދިވެހިރާއްޖޭގެ 99 ޕަސަންޓު ކަމުގައި ވާ ހިނދު އަހަރެމެންނަށް ކަނޑުދަތުރު ނުކޮށް އުޅެވޭކަށް ނެތެވެ. މޫސުން ކޮންމެ ގޮތަކަށް އޮތަސް ދަތުރުފަތުރު މުޅިން ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ. އެހެންކަމުން އަބަދާއި އަބަދު ސަލާމަތީ ގޮތުން އެޅެންހުރި ފިޔަވަޅެއް އަޅައިގެން ތިބުމަކީ ބުއްދިވެރި ގޮތެވެ. ރައްކާވެތިބިއްޔާ ދަތުރެވެ.

comment ކޮމެންޓް