ކިނބިދޫއާއި ލަންދޫގައި ހިންގި ބީއެމްއެލް ކޮމިއުނިޓީ ފަންޑު ޕްރޮޖެކްޓްތައް ނިންމާލައިފި

'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫއާއި ނ. ލަންދޫގައި ކުރިޔަށްގެންދިޔަ ދެ ޕްރޮޖެކްޓް ނިންމާލައިފި -- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫއާއި ނ. ލަންދޫގައި ކުރިޔަށްގެންދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކިނބިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން މި ސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

ކިނބިދޫ ޕްރޮޖެކްޓްގެ ޕްރޮޕޯސަލް ހުށަހެޅި އައިޝަތު ސަމާ ބުނީ އެ ރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާކަމަށެވެ. އަދި މި ސަރަހައްދު ތަރައްގީވުމާއެކު، މިއީ އެންމެނަށްވެސް ބޭނުންކުރެވެނެ ތަނަކަށް ވާނެކަމަށް އޭނާ ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫއާއި ނ. ލަންދޫގައި ކުރިޔަށްގެންދިޔަ ދެ ޕްރޮޖެކްޓް ނިންމާލައިފި -- ފޮޓޯ/ ބީއެމްއެލް

ކޮމިއުނިޓީ ފަންޑުގެ އެހީގައި ނ.ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފައެވެ.

"މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުން. މި ޕްރޮޖެކްޓް ހަގީގަތަކަށް ހެދުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރަން." ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ބުންޏެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫއާއި ނ. ލަންދޫގައި ކުރިޔަށްގެންދިޔަ ދެ ޕްރޮޖެކްޓް ނިންމާލައިފި -- ފޮޓޯ/ ބީއެމްއެލް
ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓާ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް