އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ކާނަލް ނަޝީދު ކަމަށް ބެލެވޭ މީހަކާއި ހައި ޕްރޮފައިލް ގިނަ ބަޔަކާއެކު އެއް ޖިންސުން ގުޅުން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ އަލްމްގިރި ބަދުއަހުލާޤީ އަމަލު ހިންގަނިކޮށް ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
"ސަން"އަށް އެނގިފައިވާގޮތުގައި ފުލުހުން އެ މައްސަލަ ތަހުގީގު ކުރާތީ އެ ދެ މީހުންގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ.
އެ މައްސަލައާ ގުޅިގެން ގާނޫނީ ވަކީލު އަޙްމަދު ނާޒިމް އަބްދުއްސައްތާރުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެކުރިން ކާނަލް ވަނީ ދައުރުވަމުންދާ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކުގައި ފެންނަ ކޮޓަރިއަށް ދިޔަކަމަށް އެއްބަސްވެފައެވެ. އޭނާ ވިދާޅުވީ އެ ކޮޓަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ބަޔަކު ދައުވަތު ދިނުމުންކަމަށެވެ. އަދި ބަދުއަހުލާޤީ އެއްވެސް އަމަލެއް ހިންގާފައިނުވާނެކަމަށް ވެސް ކާނަލް ވިދާޅުވިއެވެ.
އެ ބަދުއަހުލާޤީ އަމަލުހިންގާ ވީޑިއޯތަކުން ފެންނަ ބަންގްލަދޭޝްގެ އަލަމްގިރި ތައުބާގެ ރައްޔިތުންގެ ކިބައިން ވަނީ މައާފަށް އެދިފައެވެ.
އޭނާ މައާފަށް އެދި ތައުބާވާ ވީޑިއޯއެއް ވަނީ "ސަން"އަށް ލިބިފައެވެ. އެ ވީޑިއޯގައި އޭނާ ބުނަނީ އޭނާ އަކީ ވަރަށް ފަގީރު މީހެއްކަމަށާއި ހެވާއި ނުބައި ނޭނގޭކަމަށެވެ. އަދި އޭނާ ތައުބާ ވެފައިވާކަމަށާއި ދިވެހި ރައްޔިތުން އޭނާ އަށް މާފުކޮށްދިނުމަށް އަލަމްގިރި ވަނީ އެދިފައެވެ.
"އަހަރެން ތައުބާ ވެއްޖެއިން. މި ރާއްޖޭ ހުރިހާ މީހުން އަހަރެން މާފުކުރާދީބަލަ،" އޭނާ ބުންޏެވެ.
އެމްވީލީކް، 2.0ގެ ނަމުގައި ޓުވިޓާގައި ހިންގާ އެކައުންޓަކުން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ މީހަކާއި އިތުރު ފިރިހެނަކު ބަރަހަނާ ހާލުގައި އަންހެނަކާއެކު އެނދުމަތީގައި އޮށޯވެގެން އޮންނަ މަންޒަރެވެ.