ބީއެމްއެލް ފެހި ޕްރޮޖެކްޓް: ރަށަށް ބޭނުންވާ ގަސް ހިލޭ ހޯދުމުގެ ފުރުސަތު މި މަހުގެ 20އާ ހަމައަށް

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް ތަައްޔާރުވުމުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދަން އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ތައާރަފްކުރި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް'އަށް ފޯމް ހުށަހެޅުމުގެ މުއްދަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީއެމްއެލްގެ އެ ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ.

ބީއެމްއެލްއިން ބުނީ ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސް އިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް އެ ބޭންކުން ނިންމާފައިވާކަމަށެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް ތަައްޔާރުވުމުގެ ތެރެއިން --- ފޮޓޯ/ ބީއެމްއެލް

އެ ޕްރޮޖެކްޓަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ 11:59އެކެވެ.

އެޕްލިކޭޝަން ފޯމާއި ފެހި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓުން މިހާރު ލިބޭނެއެވެ.

comment ކޮމެންޓް