ދެ ސަރަހައްދެއް ބަންދުކޮށް، ސިފައިން ހަތިޔާރާއެކު ފޯރިމަރަނީ

ސިފައިންގެ މީހަކު ހަތިޔާރު ހިފައިގެން ޑިއުޓީގައި: މާލޭގެ ދެ ސަރަހައްދެއް ބަންދުކޮށްގެން އަންނަނީ އޮޕަރޭޝަނެއް ހިންގަމުން-- ސަން ފައިލް ފޮޓޯ

މާލޭގެ ދެ ސަރަހައްދެއް ބަންދުކޮށް، ފުލުހުންނާއި ސިފައިން ހަތިޔާރާއެކު ފޯރިމަރަން ފަށައިފިއެވެ.

މިއަދު މެންދުރު ބަންދުކޮށްފައިވަނީ ޖަސްޓިސް ބިލްޑިން ހިމެނޭ ސަރަހައްދާއި ޗައިނާ އެމްބަސީ ކައިރިއެވެ. އެ ދެ ހިސާބަށް އާއްމުންނާއި ނޫސްވެރިންނަށް ވެސް ނުވަދެވޭނެހެން ބަންދުކޮށް ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ސުޕްރީމް ކޯޓާއި ޖަސްޓިސް ބިލްޑިން ހިމެނޭ ސަރަހައްދު ބަންދުކޮށްގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވަނީ-- ސަން ފޮޓޯ: ނާއިލް ޙުސައިން

"ސަން"އަށް އެނގިފައިވާ ގޮތުގައި ސިފައިންނާއި ފުލުހުން އެ ދެ ސަރަހައްދުގައި ހަރަކާތްތެރި ވަނީ މާލޭ ސިޓީ ކައުންސިލްގެ އޮންލައިން ޕޯޓަލްއަށް، ކާކުކަން ނޭނގޭ ގޮތަށް މިއަދު ފޮނުވާފައިވާ އިންޒާރަކާ ގުޅިގެންނެވެ.

ނަމަވެސް އެކަމާ ބެހޭ މައުލޫމާތެއް ސިފައިންނާއި ފުލުހުން ވެސް ހާމައެއް ނުކުރެއެވެ.

އާއްމުކޮށް މިގޮތަށް ސިފައިން އޮޕަރޭޝަންތައް ހިންގަނީ ގޮވާޒާތުގެ އެއްޗެއް ފެނިގެން ނުވަތަ ޓެރަރިޒަމާ ގުޅުންހުރި އޮޕަރޭޝަންތަކުގައެވެ.

comment ކޮމެންޓް