އިސްލާމިކް ޔުނިވާސިޓީން ކެރިއާ ގައިޑެންސް ސެޝަންތަކެއް ބާއްވަނީ

އިސްލާމިކް ޔުނިވާސިޓީ -- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން އިސްނަގައިގެން ކެރިއާ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

އެ ޔުނިވާސިޓީން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ، އެ ސެޝަންތައް ކުރިއަށް ގެންދިޔުމުގެ މަގުސަދަކީ ގައުމަށް ބޭނުންތެރި، ހީވާގި އަދި ހޭލުންތެރި މުޖުތަމައެއް ބިނާކޮށްދިނުން ކަމަށެވެ.

މި ސެޝަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.

އެ ޔުނިވާސިޓީން ބުނީ އެ ސެޝަންތަކުގައި ފެސިލިޓޭޓަރުންގެ ގޮތުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް) މުހައްމަދު މާހިދު ޝަރީފް، ޑެޕިއުޓި ވައިސް ޗާންސެލަރު
(އެކަޑެމިކް އެފެއާޒް) ޑރ. ސައުދުالله ޢަލީ އަދި ޑެޕިއުޓީ ވައިސް ޗާންސެލަރު (ރިސާޗް އެންޑް އިނޮވޭޝަން) ޑރ. ދީބާ މޫސާ ހަރަކާތްތެރި ވާނެ ކަމަށެވެ.

އެ ކެރިއާ ގައިޑެންސް ސެޝަންތަކުގައި، މަތީ ސާނަވީ ނިންމާ ދަރިވަރުން ނުވަތަ ޒުވާން އުމުރުގެ ދެ ޖިންސުގެ ކުދިންނަށް ތައުލީމީ ގޮތުން މުސްތަގުބަލުގައި ބޭނުންކުރެވިދާނެ އެތަކެއް ހުނަރެއް ދަސްކޮށްދޭނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

comment ކޮމެންޓް