ނިލަންދޫގައި ޗިލްޑްރެންސް ހޯމް އެއް އިމާރާތް ކުރަން ހަވާލުކޮށްފި

ނިލަންދޫގައި ޗިލްޑްރަންސް ހޯމް އެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން -- ފޮޓޯ/ ޖެންޑާ މިނިސްޓްރީ

ފ. ނިލަންދޫގައި ޗިލްޑްރެންސް ހޯމް އެއް އިމާރާތް ކުރުމުގެ މަސައްކަތުގެ އެެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން މި މަސައްކަތް ހަވާލުކޮށްފައި ވަނީ މާލާ ހައި ރައިސިން ކޮންސްޓްރަކްޝަނާއެވެ.

އެކަމަށްޓަކައި ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު ޢާޢިޝަތު މުޙައްމަދު ދީދީއެވެ. އަދި މާލާ ހައި ރައިސިން ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޢަލީ އިސްމާޢީލެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި މާލާ ހައި ރައިސިން ކޮންސްޓްރަކްޝަންގެ އިސް ފަރާތްތައް އަދި ފ. އަތޮޅު ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ނިލަންދޫގައި ގާއިމު ކުރެވޭ މި ޗިލްޑްރެންސް ހޯމަކީ 28 ކުދިންނަށް އިޖުތިމާއީ ޚިދުމަތް ދިނުމާއި ބޭނުންވާ އޮފީސް ހިމެނޭ ގޮތަށް ކުރެވޭ އިމާރާތެކެވެ.

އަށް މަސް ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމަން ހަވާލުކުރި މި މަސައްކަތުގެ އަގަކީ 15 މިލިއަން ރުފިޔާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮންޓްރެކްޓަރުގެ އަރިހުން މިނިސްޓްރު އެދިވަޑައިގަތީ، ކޮންޓްރެކްޓްގައިވާ ތާރީހަށް މަސައްކަތް ނިންމަވައިދިނުމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން ވަނީ މިނިސްޓަރަށް އެ ޔަގީންކަން ދެއްވާފައެވެ.

comment ކޮމެންޓް