އިލޯން މަސްކުއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާ ކަމަށް އޭނާގެ ދަރިފުޅު ބުނެފި

ފޮޓޯ / ގެޓީ އިމޭޖަސް

އިލޯން މަސްކުގެ ދަރި އޭނާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވާކަމަށް ބުނެ އެމެރިކާގެ ކެލިފޯނިއާގެ ކޯޓަކަށް ޕެޓިޝަނެއް ހުށަހަޅައިފިއެެވެ.

އެ ޕެޓިޝަންގައި ވަނީ އޭނާގެ ނަން ޒޭވިއާ އެލެގްޒެންޑާ މަސްކްއިން ވިވިއަން ޖެނާ ވިލްސަންއަށް ބަދަލުކުރުމަށް އެދިފައެވެ. އަދި އޭނާގެ "މުއްސަނދި އަދި މަޝްހޫރު" ބައްޕައާ އެއްވެސް ބާވަތެއްގެ ގުޅުމުއް ބާއްވަން ބޭނުން ނުވާ ކަމަށް ވެސް އެ ޕެޓިޝަނުގައިވެއެވެ.

ވިލްސަން އަކީ މަސްކުގެ ކުރީގެ އަނބިމީހާ އަދި އޭނާގެ ދަރިންގެ ތެރެއިން ފަސް ކުދިންގެ މަންމަގެ ނަމަވެ.

އެ ޕެޓިޝަނާ ބެހޭ އަޑުއެހުމެއް ހުކުރު ދުވަހަށް ވަނީ ތާވަލްކޮށްފައެވެ.

ނިމިދިޔަ ބައްޕައިންގެ ދުވަހުގެ މަސްކް ކުރި ޓުވީޓެއްގައި އޭނާ ވަނީ ހުރިހާ ބައްޕައިންނަށް އެ ދުވަހުގެ ތަހުނިޔާ ފޮނުވައި، އޭނާގެ ހުރިހާ ދަރިންދެކެވެސް ލޯބިވާކަމަށް ބުނެފައެވެ.

މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގައި ހިމެނޭ މަސްކުއަކީ ޓެސްލާ އަދި ސްޕޭސް އެކްސްގެ ސީއީއޯއެވެ.

comment ކޮމެންޓް