ދިރާގު ފައިބާ އިންޓަނެޓުގެ ޚިދުމަތް ފެހެންދުއަށް

ދިރާގު ޓީވީއާއި ފައިބާ އިންޓަނެޓުގެ ޚިދުމަތް ފެހެންދުއަށް ތައާރަފް ކުރުން -- ފޮޓޯ/ ދިރާގު

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ޚިދުމަތް ބ. ފެހެންދޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

އެ ޚިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްފައިވަނީ ފެހެންދޫ ރައްޔިތުންނަށް ޚާއްޞަ އޮފާއަކާ އެއްކޮށެވެ.

އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ޚާއްޞަ ރައުޓަރު ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބޭނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކްއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 85 ޕަސެންޓަށް އެ ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 87 ރަށެއް ހިމެނެއެވެ.

comment ކޮމެންޓް