ވިލިމާލޭ ޕަބްލިކް ފާޚާނާގެ މައްސަލަ ހައްލުކުރުމަށް ނަހުލާ އެދިވަޑައިގެންފި

މާލޭ ސިޓީގެ ވިލިމާލޭ ދާއިރާގެ މެންބަރު ނަޙްލާ ޢަލީ ---

ވިލިމާލޭގައި ޕަބްލިކް ފާޚާނާގެ ޚިދުމަތް ރައްޔިތުންނަށް ލިބެމުން ނުދާ ކަމުގެ ޝަކުވާ ލިބެމުން އަންނާތީ، އެ މައްސަލަ ހައްލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެންބަރު ނަހުލާ ޢަލީ އެދިވަޑައިގެންފިއެވެ.

ނަހުލާ އެދިވަޑައިގަތީ މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާގެ އެޖެންޑާގައި މި މައްސަލަ ހިމަނައިދިނުމަށެވެ.

ނަހުލާ މިއަދު "ސަން"އަށް ވިދާޅުވީ ވިލިމާލޭ ޕަބްލިކް ފާޚާނާގެ ޚިދުމަތް ލިބެމުން ނުދާކަމުގެ ޝަކުވާ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ލިބެމުން އަންނަ ކަމަށެވެ.

ޕަބްލިކް ފާޚާނަ އެތެރޭގެ އިސްކުރުތައް އަދި ފާޚާނާ ތަށި ހަލާކުވެ، ބައު ވުމުގެ އިތުރުން ޓަށިމުށިތައް ހަލާކުވެފައި --

އެހެންކަމުން ވިލިމާލޭ އިރުމަތީ ފަރާތުން މާލޭ ހިނގުމާ އިންވެގެން ހުރި ހަ ނަންބަރު ޕަބްލިކް ފާޚާނާ ބަރި ރައްޔިތުންނަށް ޚިދުމަތް ލިބޭނޭ ފެންވަރަށް ސިޓީ ކައުންސިލް ޚަރަދުގައި ހެދުމަށް ހުށަހަޅައި ކައުންސިލުގައި މަޝްވަރާކޮށް، ގޮތެއް ނިންމައިދިނުމަށް އެދިފައިވާނެ ކަމަށް ނަހުލާ ވިދާޅުވިއެވެ.

"ރައްޔިތުންގެ އެދުމާއެކު ކުރިއަށް އޮތް ބޮޑު ޢީދު ކުލަގަދަކޮށް ވިލިމާލޭގައި ފާހަގަ ކުރުމަށް ރާވާފައިވުމާއެކު ގިނަ ބަޔަކު ވިލިމާލެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވޭ. އެހެންވެގެން ޢީދަށް ވަގުތު ކުޑަތަންވަމުން އަންނާތީވެ، މި ކަމަކީ އަވަސް ހައްލެއް ލިބެން ބޭނުންވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން،" ނަހުލާ ވިދާޅުވިއެވެ.

ޕަބްލިކް ފާޚާނާއަށް ފެން ނަގާ ވަޅު --

މާލޭ ސިޓީ ކައުންސިލުން ވަނީ މި މަހުގެ 15 ވަނަ ދުވަހު ބާއްވައި އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 56 ވަނަ ރަސްމީ ޖަލްސާގެ އެޖެންޑާގައި ނަހުލާ ހުށަހެޅުއްވި މައްސަލަ ހިމަނާފައެވެ.

ނަހުލާ ވިދާޅުވީ އެ ދުވަހުގެ ޖަލްސާއަށް އޭނާ ހުށަހެޅި މައްސަލައިގައި އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ވިލިމާލޭ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަންޖެހޭ ކޮންމެ ވަގުތެއްގައި ވެސް އެކަން ކުރައްވާން ފަސްނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް