ވޯލްޑް ޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ރާއްޖެއިން ބައިވެރިވާ ވަފުދު ފުރައިފި

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު --

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު އަބޫދާބީއަށް މިއަދު ފުރައިފިއެވެ.

މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް އޮންނަ މި ކޮންގްރެސް ބާއްވަނީ ޔޫއޭއީގެ ވެރިރަށް އަބޫ ދާބީގައެވެ.

މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯއަކީ ކޮވިޑް-19 ޕެންޑެމިކަށް ފަހު ދުނިޔޭގެ ހޮސްޕިޓަލިޓީ އަދި ކަލިނަރީ އިންޑަސްޓްރީގެ ފުރަތަމަ އަދި އެންމެ ބޮޑު ބައިނަލްއަގުވާމީ ހަރަކާތެވެ. ވޯލްޑްޝެފްސް ކޮންގްރެސްގެ ބޭނުމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން އެއްތަނަކުން ބައްދަލުވެ ގުޅުން ބަދަހިކުރުމާއި ޚިޔާލު ބަދަލުކޮށް، އެކަކު އަނެކެއްގެ ފަރާތުން އާ ކަންކަން އުނގެނުމުގެ އިތުރުން އެކުގައި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމެވެ.

ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯ 2022ގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ވަފުދު --
މި އަހަރުގެ ވޯލްޑްޝެފްސް ކޮންގްރެސް އެންޑް އެކްސްޕޯގައި ވެސް އެހެން އަހަރުތަކެކޭ އެއްފަދައިން ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ، އެ ދާއިރާގެ މާހިރުންގެ ކީނޯޓް އެޑްރެސްތަކާއި، ދުނިޔޭގެ 50 ގައުމަކުން 80 ކަލިނަރީ ސްކޫލު ތަމްސީލުކޮށް ބާއްވާ އެޑިއުކޭޓަރސް ފޯރަމްތައް އޮންނާނެއެވެ. އަދި ފަންނުތަކުން ޝެފުން "ވޯލްޑްސް ބެސްޓް ޝެފްސް"ގެ ލަގަބަށް ވާދަކުރާ "ގްލޯބަލް ޝެފްސް ޗެލެންޖް"އާއި، ވޯލްޑްޝެފްސް އެކްސްޕޯގެ އިތުރުން، 25 އަހަރުން ދަށުގެ ޝެފުންނަށް ޚާއްސަކޮށްގެން ބާއްވާ "ބިލީ ގެލެގާ ޔަންގް ޝެފްސް ފޯރަމް" ވެސް އޮންނާނެއެވެ.

ދިވެހިރާއްޖެ ތަމްސީލުކުރާ ޝެފްސް ގިލްޑް އޮފް މޯލްޑިވްސްގެ ޑެލެގޭޝަންގައި ހިމެނެނީ އެ ޖަމިއްޔާގެ ރައީސާ މަރިޔަމް ނޫރައްދީނާއި، އެކްސްކޯގެ ހުރިހާ މެމްބަރުންންގެ އިތުރުން 24 ޝެފުންނާއި އަށް ޒުވާން ޝެފުންނެވެ.

ވޯލްޑްޝެފްސް ކޮންގްރެސްގެ ހަވާސާގައި ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ދިވެހި ޝެފުންގެ ޑެލެގޭޓުގެ ފަރާތުން ބައިވެރިވާނެއެވެ. އެގޮތުން ކެއްކުމުގެ އެކިއެކި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ބައިވެރިވާ ޝެފުން ތަމްރީނުކުރުމަށް ބާއްވާ "ކޮމްޕެޓިޝަން ސެމިނާ"ގައި ރާއްޖޭގެ ބައެއް ޝެފުން ބައިވެރިވާނެއެވެ.

comment ކޮމެންޓް