އެމްބާޕޭ ޓީމުގައި މަޑުކުރީ ފައިސާގެ ދަހިވެތި ކަމުގައެއް ނޫން: ޕީއެސްޖީގެ ރައީސް

ޕީއެސްޖީގެ ރައީސް ނަސެރު އަލް ޙަލަފީ އާއި ކައިލިއަން އެމްބައްޕޭ----

އާ ކޮންޓްރެކުޓުގައި ސޮއި ކޮށް ޕީއެސްޖީގައި 2025 ގެ ނިޔަލަށް މަޑުކުރަން އެމްބާޕޭނިންމީ ފައިސާގެ ދަހިވެތި ކަމުގައި ނޫންކަމަށް ޕީއެސްޖީގެ ރައީސް ނަސެރު އަލް ޙަލަފީ ވިދާޅުވެއްޖެއެވެ.

ފުޓުބޯޅައިގައި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ޕީއެސްޖީގެ ރައީސް ނަސެރުއާ ހަވާލާދީ ބުނީ އެމްބައްޕޭއަށް ހުރިހާ ވެސް އެއްޗަކީ ފައިސާ ނޫންކަމަށެވެ. އަދި ސްޕެއިންގެ ކުލަބަކުން ޕީއެސްޖީއަށް ވުރެ ބޮޑު މުސާރައެއް އޭނައަށް ދިނުމަށް މިހާރު ވެސް ތައްޔާރަށް އޮތްކަމަށް ނަސެރު ވިދާޅުވިކަމަށް ފަބްރީޒިއޯ ބުންޏެވެ.

"ޕީއެސްޖީގެ ސްޕޯޓްސް ޕްރޮޖެކްޓް އަކީ އެމްބާޕޭއަށް އެންމެ މުހިންމު އެއް ކަންތައް އެ ޓީމުގައި މަޑުކުރުމުގައި،" ޕީއެސްޖީގެ ރައީސް ނަސެރު އަލް ޙަލަފީ ވިދާޅުވިއެވެ.

މި ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެންމެ ގިނަ ބަޔަކު އުންމީދުކުރަމުން އައީ އެމްބާޕޭ ރެއާލަށް ބަދަލުވާނެ ދުވަހަކަށެވެ.

ނަމަވެސް އެ ޓީމަށް ބަދަލުވުމުގެ ހުރިހާ ކަމެއް ނިމިފައިވަނިކޮށް އޭނާ ވަނީ ޕީއެސްޖީގައި މަޑުކުރުމަށް ނިންމައިފައެވެ. އެއާއެކު ގިނަ ބަޔަކު އޭނާއަށް ވަނީ ފާޑުކިޔާފައެވެ.

ފައިސާގެ ދަހިވެތި ކަމުގައި ބޮޑު މުސާރަ ދޭން ނިންމުމުން އެ ޓީމުގައި މަޑު ކުރަން ނިންމީކަމަށް ރެއަލްގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ، ދުނިޔޭގެ ގަދަބާރު ރެއާލް މެޑްރިޑަށް ނުގޮސް ޕީއެސްޖީގައި މަޑުކުރަން ނިންމީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ނަމަވެސް އޭނާ ވަނީ ޕީއެސްޖީއާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކޮށްފައެވެ. 2025އާ ހަމައަށް ހަދައިފައިވާ އެ ކޮންޓެރެކްޓުގެ ދަށުން 435 މިލިއަން ޔޫރޯ ލިބޭނެއެވެ. އަދި ސޮއި ބޯނަހެއްގެ ގޮތުގައި އޭނާއަށް 100 މިލިއަން ޔޫރޯ ވެސް ލިބޭނެއެވެ.

comment ކޮމެންޓް