ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގައި މީޑިއާނެޓްގެ އޮފީހެއް ހުޅުވައިފިއެވެ.
މި އޮފީސް ހުޅުވާފައި ވަނީ ހިޔާ ޓަވަރު 12ގައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހިޔާ ޓަވަރުތަކަށް މީޑިއާނެޓްގެ ޚިދުމަތް ލިބުނު ނަމަވެސް، ދެވަނަ ފިޔަވައްސަށް މީޑީއާ ނެޓްގެ އޮފީހެއްގެ ޚިދުމަތް ލިބެން ފެށީ މިހާރުއެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މީޑިއާނެޓު ފަދަ އައިއެސްޕީތަކުން ރައްޔިތުންނަށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެފައި ވާކަމަަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވެފައިވާ ހަމައެކަނި ސަރަހައްދު ކަމުގައިވާ ހިޔާ ފްލެޓްތަކުގައި ގިނަ އަދަދެއްގެ މީހުން ދިރިއުޅެމުންދެއެވެ.
މިދިޔަ އަހަރުގެ ފަހު ހަތަރު މަހު މަޑުމަޑުން މީހުން ހިޔާ ފްލެޓްތަކަށް ބަދަލުވާން ފަށައި، މިހާރު އެތަނުން ކުލި ނަގަން ވެސް ވަނީ ފަށާފައެވެ.