އައިޔޫއެމްއެސްޔޫ އިން ކޮލެޖު ޔުނުވާސިޓީތަކަށް ހުޅުވާލައިގެން ހޭންޑް ބޯޅަ މުބާރާތެއް ބާއްވަނީ

އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022 ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ/ އައިޔޫއެމްއެސްޔޫ

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން، ދިވެހިރާއްޖޭގެ ހޭންޑްބޯލް އެސޯސިއޭޝަނާއި ގުޅިގެން، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖް އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން "އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022" ގެ ނަމުގައި ހޭންޑްބޯލް މުބާރަތެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

އައިޔޫއެމްއެސްޔޫގެ ރައީސް އަހުމަދު ސުހާން "ސަން"އަށް ވިދާޅުވީ އެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 31 ދުވަހުގެ ނިޔަލަށްކަމަށެވެ.

މި މުބާރާތުގައި ކޮލެޖު ޔުނިވާސިޓީތަކުން ހަތް ޓީމް އަދި ހައި ސްކޫލް ތަކުން އެއް ޓީމް ބައިވެރިވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮލެޖު، ޔުނިވާސިޓީތަކުން ބައިވެރިވެފައިވާ ޓީމުތައް:-

  • އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން
  • ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން
  • މެޕްސް ކޮލެޖް
  • ކްލިކް ކޮލެޖް
  • މޯލްޑިވްސް ބިޒްނަސް ސްކޫލް
  • އެމްއައި ކޮލެޖް

މީގެ އިތުރުން ހައި ސުކޫލުތަކުގެ ބައިން ބައިވރިވެފައިވަނީ ެންޓަރ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އެވެ.

އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުޅިވަރު ސެކްރެޓަރީ އަޙްމަދު ވަފާދު ވިދާޅުވީ ފިިރިހެން ބައިގައި ހަތް ޓީމް އަދި އަންހެން ބައިގައި އަށް ޓީމް ވާދަކުރާ އެ މުބާރާތުގެ ގުރުއަތުލުން މިހާރު ނިމިފައިވާކަމަށެވެ.

މުބާރާތުގެ ގްރޫޕްތައް އެތުރިފައިވާ ގޮތް:

ފިރިހެން ޑިވިޝަން

ގްރޫޕް އޭ

  • އެމްއައި ކޮލެޖް
  • ކްލިކް ކޮލެޖް
  • ސީއެޗްއެސްއީ
  • އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން

ގްރޫޕް ބީ

  • ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ދަރިވަރުންގެ ޔޫނިއަން
  • މެޕްސް ކޮލެޖެ

އަންހެން ޑިވިޝަން

ގްރޫޕް އޭ

  • ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން
  • މޯލްޑިވްސް ބިޒްނަސް ސްކޫލް
  • ސީއެޗްއެސްއީ
  • މެޕްސް ކޮލެޖް

ގްރޫޕް ބީ

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން
  • އެމްއައި ކޮލެޖް
  • ކްލިކް ކޮލެޖް
  • އިސްލާމިކް ޔުނިވާސިޓީ ދަރިވަރުންގެ ގުޅުން

އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުޅިވަރު ސެކްރެޓަރީ އަޙްމަދު ވަފާދު ހިލްމީ ވިދާޅުވި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަޤްސަދަކީ ހޭންޑްބޯލް ކުޅޭ ޒުވާން ކުޅުންތެރިން އުފެއްދުމެވެ. އަދި ގިނަ އަހަރު ތަކެއް ވަންދެން އިންޓަރ ކޮލެޖް ހޭންޑްބޯލް މުބާރާތް ނުބޭއްވި އޮތުން އަލުން މި މުބާރާތް ބޭއްވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ހޭންޑް ބޯލް އަކީ މިހާރު ރާއްޖޭގެ އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ އެއް ކުޅިވަރު. އަދި ގިނަ އަހަރު ތަކެއް ވެއްޖެ އިންޓަރ ކޮލެޖް ހޭންޑްބޯލް މުބާރާތް ނުބާއްވާތާ. އެހެންވެ އަޅުގަނޑުމެން ހޭންޑްބޯލް އެސޯސިއޭޝަނާ މަޝްވަރާކޮށް ނިންމި މި މުބާރާތް އިންތިޒާމް ކުރަން. މި މުބާރާތުގެ އެންމެ މުހިންމު މަޤުޞަދަކީ ޒުވާން ހޭންޑްބޯލް ކުޅޭ ކުޅުންތެރިން އުފެއްދުން،" ވަފާދު ވިދާޅުވިއެވެ.

މީގެ އިތުރުން ވަފާދު ވިދާޅުވީ އެ މުބާރާތަށް ސްޕޮންސާ ހުށައެޅުމުގެ ފުރުޞަތު އަދިވެސް ހުޅުވާލެވިފައިވާކަމަށާއި، އެ މުބާރާތުގެ އޮގަނައިޒިން ޕާޓްނަރަކަށް ކްލަބް ޒެފްރޯލް ހަމަޖައްސައިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް