5939 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު މާދަމާ ފަށަނީ

އޯލެވެލް އިމްތިހާން ---

މި އަހަރުގެ އޯލެވެލް އިމްތިހާނު 5939 ދަރިވަރުންނާއެކު މާދަމާ ފެށޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މާދަމާއިން ފެށިގެން އަންނަ ޖޫން މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިމްތިހާނު ރާއްޖޭގެ 239 ސެންޓަރެއްގެ އިތުރުން ކޮލަންބޯގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި، މެލޭޝިޔާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ކުރިއަށް ދާނެއެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންގެ ތެރެއިން އާޓް އެންޑް ޑިޒައިން ކިޔަވާ ދަރިވަރުންގެ އިމްތިހާނު މިދިޔަ އޭޕްރީލް މަހުގެ 13ވަނަ ދުވަހާއި 14ވަނަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ. އެ އިމްތިހާނުގައި 181 ދަރިވަރަކު ވަނީ ބައިވެރި ވެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދިޔަ މަހުގެ 20ވަނަ ދުވަހުން 29ވަނަ ދުވަހަށް ސުވާލު ކަރުދާސްތައް ސެންޓަރުތަކަށް ގެންދިއުމުގެ މަސައްކަތް ކުރިއަށް ދިޔަ ކަމަށެވެ.

މިއީ ކޮވިޑާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލުމަށް ފަހު، ބާއްވާ ފުރަތަމަ އޯލެވެލް އިމްތިހާނެވެ.

comment ކޮމެންޓް