ރައީސް ޔާމީނަށް އިންޒާރު ދިން މައްސަލަ 241 ކޮމިޓީއަށް

ވީޑިއޯއެއް މެދުވެރިކޮށް، ރައީސް ޔާމީނަށް އިންޒާރު ދިން މީހާ --

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް އިންޒާރު ދިން ކަމަށް ތުހުމަތުކުރާ ވީޑިއޯގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހަޅައިފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މައްސަލަ ބައްލަވައިދެއްވުން އެދި މަޖިލީހުގެ ރައީސަށް ޣައްސާން ފޮނުއްވި ސިޓީގައި ވަނީ އެ ވީޑިއޯގައި ރައީސް ޔާމީންގެ ހަށިކޮޅަށް ގެއްލުން ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި، އެ ވީޑިއޯގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި، ނަމަވެސް، މައްސަލަ ބަލަން ފެށި ކަމުގެ އެއްވެސް އިޝާރާތެއް ލިބިފައި ނުވާ ކަމަށް އެ ސިޓީގައި ވެއެވެ.

އެހެންކަމުން، އެ މައްސަލަ 241 ކޮމިޓީން ބަލައިދިނުމަށާއި، އެ މައްސަލައިގައި ސަލާމަތީ ޚިދުމަތްތަކުން އަމަލުކޮށްފައިވާ ގޮތް ބަލައި ދިނުމަށް ވެސް އެ ސިޓީގައި އެދިފައި ވެއެވެ.

މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތެއް ފެށީ މީގެ ދެ ދުވަހެއް ކުރިންނެވެ. އެނަމުގައި ހަދާފައިވާ އެކައުންޓުތަކުން އާންމުކުރި ފުރަތަމަ ވީޑިއޯގައި އިންޑިއާ އައުޓް ހަރަކާތަށް ފާޑުކިޔުމަށް ފަހު، ރައީސް ޔާމީން "ސައިޒުކޮށްލާނެ" ކަމަށް ބުނެފައެވެ. އަދި އެއީ ޒުވާނުންގެ ސުލްހަވެރި ހަރަކާތެއްކަމުގައި ވެސް އެ ވީޑިއޯގައި ބުނެއެވެ.

އިއްޔެ ހަވީރު ވަނީ އެ ހަރަކާތަށް ނިސްބަތްވާ މީހުން ރައީސް ޔާމީންގެ އަމިއްލަ ގެކޮޅު، ހ.ދޫވެހި ކުރިމަތީގައި މުޒާހަރާ ވެސް ކޮށްފައެވެ.

comment ކޮމެންޓް